ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްޙަތަށް ގެއްލުން ހުރި ކަމެއް
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްޙަތަށް ގެއްލުން ހުރި ކަމެއް
2007 ގެ ފަހުން އުފަންވި ކުދިންނަށް މިއަދުން ފެށިގެން ދުންފަތް ބޭނުންކުރުން ޤާނޫނުން މަނާ ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، މިއަދު ރާއްޖޭގައި ތަންފީޒުކުރަން ފެށި އެންމެ މުހިންމު އެއްކަމަކީ 2007 ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން މިއަދުން ފެށިގެން ތަންފީޒުވާން ފެށުން ކަމަށެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުލަވާލި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ޖެނުއަރީ 1، 2007 ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވުމުގެ އިތުރުން، އެ ކުދިންނަށް ދުންފަތް ވިއްކުމާއި އިސްތިހާރު ކުރުމާއި ދިނުން ވެސް ވަނީ މަނާ ކޮށްފައެވެ.

ދުންފަތް ބޭނުންކުރުން މަނާކުރާ ގާނޫނުގައި ބުނާގޮތުން ދުންފަތް ގަންނަނީ ޖެނުއަރީ 1، 2007، ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރު ކުރުމަކީ ދުންފަތް ވިއްކާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ދުންފަތް ބޭނުން ނުކުރެވޭނެ އުުމުރުގެ މީހެއް ކަމަށް ޝައްކު ކުރެވޭނަމަ އެމީހެއްގެ އައިޑީކާޑު ވިއްކާ ފަރާތަށް ބެލޭނެއެވެ.

މި ގާނޫނުގެ ދަށުން 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތް ވިއްކުމުގެ މުއާމަލާތެއްްގައި ހަރަކާތްތެރި ނުވެވޭނެއެވެ. އަދި ގާނޫނަށް ގެނައި ބަދަލުގެ ދަށުން، ދުންފަތް ވިއްކޭނީ، އެކަމަށް ހާއްސަކޮށް ރަޖިސްޓްރީކޮށްގެނެވެ.

ސަރުކާރުން ގެންދަނީ ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ދުންފަތުގެ ޓެކްސް ބޮޑުކޮށް ރާއްޖޭގައި ވޭޕް ވެސް ވަނީ ބޭން ކޮށްފައެވެ. އެކަމާގުޅިގެން ވަގަށް ސިނގިރޭޓާއި، ވޭޕް ރާއްޖެއަށް އެތެރެކުރުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް