ކޮޅުވެއްޓި ބަންޑުން ޖަހާލި ސަރަހައްދު-
ކޮޅުވެއްޓި ބަންޑުން ޖަހާލި ސަރަހައްދު-
އެމްޕީއެލް ސަރަހައްދުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހާލު ދެރަވި ބިދޭސީ މީހާ މަރުވެއްޖެއެވެ.

ފުލުހުންނަށް މި ހާދިސާ ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 15:44 ހާއިރު އެވެ. މި ހާދިސާ މެދުވެރިވިއިރު ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށާއި، އެ އެންމެންވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި 6 މީހަކަށް އަނިޔާވެފައި ވާއިރު، އެ މީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 2 ބިދޭސީންނެވެ.

މީގެ ތެރެއިން ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ލިބުމުގެ ސަބަބުން ހާލު ދެރަވެ، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު