ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ނޮވެމްބަރު 3 ސާބިތުކޮށަދެނީ ޖާނާއި ލެއިން ގުރުބާން ވާން ތިބި ދަރިން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެެޑަމް ސާޖިދާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެގޮތުން މެޑަމްގެ ޕޯސްޓުގައި ވިދާޅުވީ ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރާއި، ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމަށެވެ.

އަދި ހަމައެއާއެކު ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަން ކަމަށާއި، ޤައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަން ސާބިތުކޮށްދޭ ކަމަށް މެޑަމް ވިދާޅުވިއެވެ.

"ތާއަބަދުމެ ނަޞްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ޤައުމުގައި ދެމެހެއްޓެވުން އެދި ދުޢާކުރަމުން، ނަޞްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިއަދަކީ ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް