ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުފެއްޖެނަމަ މިއަދުވެސް "ވާނުވާ" ބަންދު ނިމުމަކަށް ގެނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ޝަރުޢީ ދާއިރާ އިން ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށާއި، މި ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އަލީ ހުސައިން ވިދާޅުވީ ވާނުވާ ބަންދު ނިމުމަކަށް ގެނައުމަޢް މިއަދުވެސް ރައީސް ބޭނުންފުޅުވެއްޖެނަމަ އެކަން ކުރެވޭނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ހުކުމަކާ ނުލައި، މީހުން ވާނުވާ ބަންދުގައި ބޭތިއްބުމަކީ ބޮޑު އަނިޔާއެއް ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ވާނުވާ ނިމުމަކަށް ގެނެސްދެއްވުމަށް އަލީ ހުސައިން ވަނީ ގޮވާލައްވާފައެވެ.

ޖުމުހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "ވާނުވާ" ޖަހާފައިވާ މީހުންގެ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި، ޤާނޫނީ ނިޒާމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތަކެއް ނުވަތަ ކަމާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކެއް ވާނަމަ، ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިގޮތުން ޝަރުޢީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަމުގައި، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގައި އަދި ޗެކް އެންޑް ބެލެންސް ނިޒާމް ޤާއިމުކުރުމުގައި ސަރުކާރުން ފުރިހަމައަށް އެއްބާލުން ދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް