މި މަހު 23 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން އަލަށް ތައާރަފްކުރި އީ-ވިސާ ގެ ހިދުމަތަށް އެދި ހުށެހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ 10 ނޮވެންބަރު 2025 ގައި ރަސްމީކޮށް ތަޢާރަފްކުރެވިފައިވާ އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އީ-ވިސާއަށް އެދި ހުށަހެޅޭނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމުތަކުގައި ޝާއިޢުކުރެވޭނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އިއުލާނުގައި ބުނީ 20 ނޮވެންބަރު 2025ގެ ނިޔަލަށް، މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް، ވިސާއަށް އެދި ޕާސްޕޯޓު އިމިގްރޭޝަނަށް ހުށަހެޅޭނެ ކަމަށެވެ.
އަދި 23 ނޮވެންބަރު 2025ގެ ފަހުން، ވިސާ ޖެހިފައިވާ ނަމަވެސް އިމިގްރޭޝަނުން ނުނަގާހުރި ޕާސްޕޯޓުތައް ދޫކުރެވޭނެ ކަމަށާއި، އެހެންކަމުން ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީއެންމެ އަވަސް ފުރުސަތެއްގައި ނެގުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މޯލްޑިވްސް 2.0 އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ. މިއީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެއެވެ. އިމިގްރޭޝަނަކީ މި ނިޒާމު ތަޢާރަފު ކުރި ފުރަތަމަ ސަރުކާރުގެ އިދާރާއެވެ.

ކިޔުންތެރިންގެ ހިޔާލު