ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިގެންފިއެވެ.
މި ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤުއެވެ. އެފްއޭއެމުން ވަނީ ރައީސަށް ހަނދާނީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއްވެސް އަރުވާފައެވެ.
ރައީސް ޓިކެޓު ބައްލަވައިގަތުމަކީ ފަލަސްޠީނަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވެގެންދާ ކަމެއް ކަމުގައި އެފްއޭއެމް އިން ވަނީ ބުނެފައެވެ.
މިރެއާއި މާދަމާރޭ އޮންނަ މި ދެ މެޗަށް ވީހާވެސް ގިނަބަޔަކު ސްވެނިއަރ ޓިކެޓް ގަތުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ.
ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް (ޖުމްލަ 50 ޓިކެޓް، ވީއައިޕީ ރޮސްޓްރޮމް) އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށް (ޖުމްލަ 200 ޓިކެޓް، ވީއައިޕީ ގޮނޑިބަރި) ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ޓިކެޓްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓުބޯޅަ އަލުން ދިރުވާ ތަރައްޤީކުރުމަށް އެހީވުމުގެ ގޮތުން ފަލަސްޠީނު ފުޓުބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު