އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)
ކޮރަޕްޝަން ހިންގަނީ ވެރިން ކަމަށާއި، ޤާނޫނު ހިންގައި އަދަބު ނުދެވެނީވެސް މި ސަބަބާހުރެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

މާޒް ސަލީމް މިހެން ވިދާޅުވެފައި މިވަނީ ކޮރަޕްޝަން އާަންމު ގޮތެއްގައި ހިގްނަނީ އެންމެ ދަށު ފަންތިން ފެށިގެން މެދު ފަންތީގެ ވަޒީފާތަކުގައި އުޅޭ ފަރާތްތަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މާޒް ސަލީމް ވިދާޅުވީ ކޮރަޕްޝަންގެ ޢަމަލު ހިންގަނީ ދަށުފަންތިން ފެށިގެން މެދުފަންތިއާއި ހަމަޔަށްކަމަށް މުޢިއްޒު ބުނާބުނުމަކީ، ވެރިން ޙިމާޔަތްކޮށް އަދި އަމިއްލައަށް ކޮަރަޕްޝަނުން ދިފާޢުވުމަށް ދައްކާ ޙުއްޖަތެއް ކަމުގައެވެ.

ކޮރަޕްޝަންގެ ވާހަކަ ހަގީގަތަށް ދައްކަވާނަމަ ރައީސް ވިދާޅުވާން ޖެހޭނީ ކޮރަޕްޝަންގަ ކުށްވެރިވެ ޤާނޫނު ހިންގޭނީ، އަދި ހިންގާނީ ދަށު އަދި މެދުފަންތީގެ މީހުންގެ މައްޗައް އެކަނިކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

މާޒް ސަލީމް ވިދާޅުވީ ޙަޤީޤަތަކީ ކޮރަޕްޝަން ހިންގުވާފަ އޭގެން ބޮޑު މަންފާ ހޯދައިގެން، ވެރިން ފިލާ އޭގެން ސަލާމަތްވާކަން ކަމަށެވެ. އަދި އިންސާފުވެރިކަމާއި އެކު ކޮރަޕްޝަންބެލި ޤާނޫނު ހިންގާނަމަ ރައީސް މުޢިއްޒު ހުންނާނީ ޖަލުގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަން ހިންގަނީ ވެރިން ކަމަށާއި، ޤާނޫނު ނުހިނގަނީވެސް އަދި އަދަބު ނުދެވެނީވެސް މި ސަބަބާ ހުރެ ކަމަށެވެ.

"މަނިކުފާނުގެ އެކައުންޓުތަކަށް ވަޒީރުކަމުން ފެށިގެން ވަން ފައިސާ ތަކާއި، މަޖިލިސް މެމްބަރުންނަށް ދިމްޔާތުން ދޫކުރާ ފައިސާއެއީ ކިހިނެތް ކޮންތާކުން ހޯދާ ފައިސާއެއްތޯ. އޭސީސީގަ ހުރި، މަނިކުފާނުގެ ކޮަރަޕްޝަންގެ މަސްެއަލަތައް ކޮބައިތޯ. އެޗްޑީސީގެ ފަޒުލް ހިންގި ކޮރަޕްޝަން ކޮބައިތޯ. ބާރަށު ދާއިރާގެ މެމްބަރު ހިންގިކަމަށްބުނާ އެފްއައިޔޫގެ ރިޕޯޓުގައި އޮތް ކޮރަޕްޝަންގެ މަސްއަލަ ކޮބައިތޯ. މިކަންކަން ހުދު ކާފޫރަށް ވީތޯ. މިއީވެސް ދަށުފަންތީގެ މީހުންތޯ." މާޒް ސަލީމް ވަނީ ރައީސްއާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

މީގެ އިތުރުން މާޒް ސަލީމް ވަނީ އިހައްދުވަހު ބިޑުކުރުމެއްނެތި ދައުލަތުގެ ވެރިންނާ މަޖިލިސް މެމްބަރުންގެ ޙިއްސާ އޮންނަ ކުންފުނިތަކަށް ބަހާލި 2.7 ބިލިއަން ރުފިޔާގެ ޕުރޮޖެކްޓުތައް ކޮބައިތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. މިއީވެސް ކޮރަޕްޝަން ނޫންތޯ އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް