ހަމާސްއަށް ނިސްބަތްވާ މީހެއް-
ހަމާސްއަށް ނިސްބަތްވާ މީހެއް-
އިސްރާއީލުން ހައްޔަރުކޮށްފައިތިބި ހަމާސް ޖަމާއަތަށް ނިސްބަތްވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށްޓަކައި މަގުފަހިކުރުމުގެ ގޮތުން އިސްރާއީލުގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހު ދެލިކޮޕީ ތައްޔާރު ކޮށްފައިވަނީ އެގައުމުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން އަންނަ ލެމޯރ ސޮން ހާރް މެލެޚް ކިޔާ އަންހެނެކެވެ.

އޭނާގެ ފިރިމީހާ ވަނީ 2003 ގައި ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގި ހަނގުރާމައިގާ މަރާލާފައެވެ. އޭނާގެ ފިރިމީހާ މަރާލުމާގުޅިގެން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 2 މުޖާހިދުން އެންމެފަހުން އަސީރުން ބަދަލުކުރުމުގެތެރޭގައި މިނިވަންކޮށްފައިވާތީ އެ ކަމުގެ ރުޅިގަނޑުވެސް ދެލިކޮޕީ ތައްޔާރުކުރުމުގައި ބާލާފައިވާކަމަށް ރިޕޯޓުތަކުގަައި ވެއެވެ.

ލެމޯރ ސޮން ހާރް މެލެޚް ނިދްބަތްވަނީ އިތާމަރ ބެން ގްވިރްގެ ޕާރޓީއަށެވެ. އަދި އޭނާއަކީ ފަލަސްތީނުގެ ރައްޔިތުންނާމެދު އާދަޔާ ޚިލާފް ރުޅިވެރިކަމެއް ގެންގުޅޭ ނުލަފާ އަންހެނެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެގޮތުން ދާދިފަހުންވެސް ވިހަން ތައްޔާރުވެފާއިން ފަލަސްތީނުގެ މާބަނޑު އަންހެނަކު ޝަހީދުކޮށްލައި އޭނާގެ ބަނޑުގައި އޮތޮ ދަރިފުޅު ނެގުމަށްފަހު އެ ދަރިފުވެސް ޝަޙީދު ކޮށްލި ކަމަށްވެއެވެ. އޭނާގެ ހަރުކަށި ކަމާއި އިންސާނިއްޔަތާ ޚިލާފް ގިނަކަންތައްތަކެއް ކުރަމުން ގެންދިއުމުގެ ސަބަބުން ބައެއް ގައުމުތަކުން ވަނީ އޭނާ ބްލެކްލިސްޓުވެސް ކޮށްފައެވެ.

އިސްރާއީލުގެ ގާނޫނަށް ގެންނަން އުޅެނީ ބައިނަލް އަގްވާމީ ގާނޫނުތަކާ ފުށޫ އަރާ އަދި އިންސާނީ ކަރާމަތާ އިދިކޮޅު އިސްލާޙުތަކެއް ނަމަވެސް އެގައުމުގެ ސަލާމަތާބެހޭ ވަޒީރު އިތާމަރ ބެން ގްވިރް ވަނީ އެއަށް ތާއީދުކޮށް މަރުހަބާ ކިޔާފައެވެ.

އެ ގާނޫނު ފާސްކުރުމާއެކު ސިޔާސީ ދެކޮޅުވެރިކަމުގެ ތެރޭގައި ހައްޔަރުކުރެވޭ ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބުދިނުން ލާޒިމް ކުރާނެއެވެ. އަދި ހަނގުރާމައިގެ އަސީރުން ބަދަލުކުރުމުގައި އޮކްޓޯބަރ 7 ވަނަ ދުވަހުގެ ހަމަލާއާއި ގުޅިގެންހައްޔަރުކުރެވިފައިވާ އެއްވެސް ފަލަސްތީނީ އަކު މިނިވަންކުރުންވެސް ނުހިމެނޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް