ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ؛ ފުލުހުން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ؛ ފުލުހުން
ގޭންގު ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ދެ ދުވަސްތެރޭގައި މާލޭގެ 501 ސަރަޙައްދު ޗެކްކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 13 އަދި 14ވަނަ ދުވަހު އެ އިދާރާގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ވަނީ 501 ސަރަޙައްދެއް ބަލައި، 129 ފަހަރެއްގެ މަތިން އެކި ފަރާތްތަކާ ސުވާލުކޮށްފައެވެ.

މި މަސައްކަތުގެ ތެރެއިން، 10 އުޅަނދެއް ޗެކް ކޮށް 4 އުޅަނދެއް ޓޯވްކޮށްފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި 840 މިނެޓު ޕެޓްރޯލް ކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ގޭންގު ކުށްތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ގެނައި އިސްލާޙުތަކަށް އަމަލުކުރަން ފެށީ ނިމިދިޔަ އޮގަސްޓު މަހުއެވެ.

ގޭންގު ކުށްތަކުގެ އިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ވެސް ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަންތަކެއް މި މަހުގެ 13 ވަނަ ދުވަހު ފަށާފައެވެ.

ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދިޔަ "އޮޕަރޭޝަން އަލިމަގު" އަކީ މިހާތަނަށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް