މަރްޔަމް ނަހްދާ ވަޙީދު   16 ނޮވެމްބަރު 2025 - 15:59
ޕާސްޕޯޓު ދޫކުރަނީ-
ޕާސްޕޯޓު ދޫކުރަނީ-
އދ. މާމިގިލީގައި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން އދ. މާމިގިލީގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

އެހެންކަމުން އދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުަށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި މަހިބަދޫ ނުވަތަ މާމިގިލި ޚިޔާރުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް އިފްތިތާހް ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް