ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މި މައްސަލަ ބަލަން ފަށާފައި މިވަނީ ވިލިނގިލީ ހޮސްޕިޓަލުގައި އިއްޔެ ވިހެއި އެ ދަރިފުޅު މަރުވީ، މަންމައަށް ލިބެންޖެހޭ ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުންކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
މި ހާދިސާގައި މަރުވީ ގއ. ދާންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަންހެނަކު ވިހެއި އަންހެން ކުއްޖެކެވެ. މިއީ ކުއްޖަކު ހޯދަން އެ އަންހެން މީހާ މަސައްކަތް ކުރާތާ 17 އަހަރުފަހުން ލިބުނު ކުއްޖާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
އަންހެން މީހާގެ އާއިލާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މާބަނޑުއިރު، ރަހިމުގެ ދޮރާ ދިމާލުން ލޭ އަންނާތީ އެންމެ ފުރަތަމަ ދެއްކީ ގއ. ދާންދޫ ސިއްހީ މަރުކަޒަށް ކަމަށާއި، ސިއްހީ މަރުކަޒުން ރިފާކުރީ އައިޖީއެމްއެޗުން ޑޮކްޓަރަކަށް ދައްކަން ކަމަށެވެ.
އެހެންވެ މާލެ އައިސް، ޑޮކްޓަރަށް ދެއްކުމުން ލޭ އަންނަ ކަމަށް ފާހަގަވީ، ރަހިމުގެ ދޮރާ ދިމާއިން ހުޅުވިފައި ހުރުމުން ކަމަށާއި، އެހެންވެ އެ ތަން ފަހައި، ރަނގަޅުވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކަމަށް އާއިލާއިން ހާމަކުރިއެވެ.
ހޮސްޕިޓަލުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ރަނގަޅުކަމަށް ފާހަގަވުމުން ހޮސްޕިޓަލުން ދޫކޮށްލުމާއެކު، އަނެއްކާ ވެސް ދާންދޫއަށް އައީ ކަމަށާއި، ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް ލޭ އަންނާތީ މި މަހުގެ ހަތްވަނަ ދުވަހުގެ ދަންވަރު ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ދައްކަން ގެންދިޔަ ކަމަށް އާއިލާއިން ބުނެއެވެ.
އެ ރަށު ހޮސްޕިޓަލުގައި އެ ފަދަ ފަރުވާއެއް ދެވެން ނެތްކަން އެނގުމުން ވެސް މާލެއަށް ފޮނުވަން ޑޮކްޓަރު ދެކޮޅު ހަދަމުން ދިޔަ ކަމަށާއި، މާބަނޑު އަންހެން މީހާއާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ވެސް ހާލު ރަނގަޅުކަމަށް ޑޮކްޓަރު ބުނަމުންދިޔަ ކަމަށް އާއިލާއިން ހާމަކުރިއެވެ.
އާއިލާއިން ބުނީ މާބަނޑު އަންހެން މީހާއަށް އެއްވެސް ތަދެއް ނުވާކަމަށް ބުނަމުން އައި ނަމަވެސް ތިން އިރު، ޕެރަސެޓަމޯލާއި، ތަދުކަނޑުވާ ބޭހާއި، ޕެނެޑޯލާއި އައިވީ ޑޮކްޓަރުގެ އެންގުމުގެ މައްޗަށް ދެމުން އައި ކަމަށެވެ. އެެހެންވެ ނަރުހުން ވެސް ސުވާލުކުރި ނަމަވެސް ޑޮކްޓަރު އެފަދައިން އަންގައިފައި އޮތުމުން މަޖުބޫރުވީ، ބޭސް ނަގަން ކަމަށް އާއިލާއިން ބުނެފައި ވެއެވެ.
އެންމެފަހުން އިއްޔެ ރޭ ދަންވަރު 03:00 ހާއިރު ވަރަށް ބޮޑަށް ލޭ އައިސްގެން ބަނޑުގައި އޮތް ކުޑަދަރިފުޅުގެ ހާލާމެދު އިތުރަށް އާއިލާއިން ކަންބޮޑުވާތީ ހޮސްޕިޓަލުން ޑޮކްޓަރަށް ގުޅިކަމަށާއި، ނަމަވެސް ޑޮކްޓަރު ވާހަކަދެއްކީ ހިތްހަމަނުޖެހިގެން ކަމަށް އެނގުނު ކަމަށް އާއިލާއިން ބުންޏެވެ.
އަދި ޑޮކްޓަރަށް އާދެވުނު އިރު އަންހެންމީހާ ބާއްވާފައި އޮތް ވޯޑުތެރެއަށް ވިހައިފައިވާ ކަމަށާއި، އޭނާ ވިހެއިތަނުން ކުއްޖާ މަރުވީ ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން މީޑިއާއަކަށް މައުލޫމާތު ދެމުން ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ އާއިލާއިން މި މައްސަލަ ހުށަހަޅައިފިނަމަ، ހޮސްޕިޓަލުން ވެސް މިކަން ބަލާނެ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޑޮކްޓަރުގެ މައްސަލައެއްވާނަމަ ވަޒީފާއިން ވަކިކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް މިހާރު އައިސްފައިވާ ކަމަށާއި، އެ ކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު