މިފަހަރު ރިބަން ކަނޑާލާހެން ސަރުކާރުން އެ ނިންމާލީ ގެންގުތައް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރާއްޖޭގައި ގޭންގުތައް ހަދައިގެން ކުށް ކުރަން އުޅުނު ކުދިން މިހާރު އުޅެނީ ވިޔަފާރި ކުރުން ފަދަ ކަންކަމުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވައްޑޭ ވިދާޅުވީ ކުރިން ހާހުން އުޅެޔޭ ބުނި އިންޑިޔާ ސިފައިން މިހާރު ނެތް ކަމަށާއި، ކުރިން ނައްތާލަން ބުނި ހުރިހާ ގޭންގުތައް މިހާރު ނެތް ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކުވެސް މިހާރު ނެތްކަމަށް ވައްޑޭ ވަނީ ވިދާޅުވެފައެވެ.
އެހެންވީމާ ވައުދުތައް މިހާރު ފުދި ނިމިއްޖެޔޭ ކިޔާފައި ދެން ރައީސް މުއިއްޒު ގެއަށް ދުރުވާންވީ ނޫންތޯ ވިދާޅުވެ ވައްޑޭ ވަނީ ސުވާލު ކުރައްވާފައެވެ.
ރާއްޖޭގައި މިހާރި ގޭންގުތަކެއް ނެތް ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ޝަހީދު ވިދާޅުވީ ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 83 ގޭންގު ހަރަކާތްތެރިވާ ކަމަށެވެ. އެ ގޭންގުތަކުގައި 3600 މީހުން ކުށްކުރުމުގައި އުޅޭ ކަމަށާއި، އޭގެ ތެރެއިން 45 ގޭންގު ހަރަކާތްތެރިވަނީ މާލޭގައި ކަމަށް ޝަހީދު ވިދާޅުވިއެވެ. މާލޭ ގޭންގުތަކުގައި 2500 މީހުން ހަރަކާތްތެރިވާއިރު، ގާތްގަނޑަކަށް 85 ކުޑަކުދިން ވެސް ގޭންގުތަކުގައި ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު