ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ރާއްޖޭގައި ގޭންގުތައް ނެތްކަމަށް ވިދާޅުވުމަކީ ދައުލަތުގެ އަމާންކަން ނެގެހެއްޓުމުގެ މަސްއޫލިއްޔަތުން ރެކެން ވެގެން ދައްކާ ވާހަަކަތަކެއްގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސިފަކުރައްވައިފިއެވެ.

ޑރ. ދީދީ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި މިހާރު ގޭންގުތަކެއް ނެތް ކަމަށާއި، ގޭންގުތަކުގައި އުޅުނު މީހުން މިހާރު ކުށްކުރުން ހުއްޓާލައި އާދައިގެ ދިރިއުޅުމެއް ހޯދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޑރ. ދީދީ ވަނީ ރައީސް މި ވިދާޅުވަނީ ރާއްޖޭގައި ކޮންކަލަ ގޭންގެއް ނެތް ވާހަކަތޯ އައްސަވާފައެވެ. ހަމައެއާއެކު ޑރ. ދީދީ ވިދާޅުވީ ބޮޑަށް ގަބޫލު ކުރެވެނީ ރައީސް އެ ވިދާޅުވަނީ މާފިޔާ ސްޓައިލުގެ ހަތިޔާރު އެޅި ގޭންގް ރާއްޖޭގައި ނެތްކަން ކަމަށެވެ.

އެހެންނަމަވެސް މަގުމަތީގައި ހަރަކާތްތެރިވާ "ސްޓްރީޓް ގޭންގު"ގެ ޤާނޫނީ މަފްހޫމަށް ފެތޭ ގޭންގުތަކެއް ރާއްޖޭގަައި ނެތްކަމަށް ވިދާޅުވެ، އެކަމަށް އިންކާރު ކުރެއްވުމަކީ ދައުލަތުގެ އަމަންޢާންމު ނެގެހެއްޓުމުގެ މަސްއޫލިއްތުން ރެކިވަޑައިގަތުން ކަމުގައި މެނުވީ ނުވާނެ ކަމަށް ޑރ. ދީދީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދާދި ފަހުން ހިނގައިދިޔަކަމަށް ޚަބަރު ފެތުރިފައިވާ ޖަމާޢީ ރޭޕް ކޭސް އަކީ ގޭންގް ކްރައިމް ނޫން އެހެން ކޯއްޗެއްތޯ ވިދާޅުވެވެސް ޑރ. ދީދީ ވަނީ ސުވާލު ކުރަށްވާފައެވެ.

ޑރ. ދީދީ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި މިހާރު ގޭންގުތަކެއް ނެތްކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް