ކޮންމެ މީހަކުވެސް ވާންވީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިޙްތިރާމް ކުރާ ބަޔަކަށް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޕީއެލްއިން ފެށި "ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން މެޑަމް ވިދާޅުވީ އެއްގޮތްކަމާއެކު ތަފާތުކުރުންތައް ހުރުމަކީ ދުނިޔޭގެ ތަބީޢަތް ކަމަށާއި އިންސާނުންގެ ތެރޭގައިވެސް އެކި ގާބިލުކަން އެކިވަރަށް އެކި މީހުންގެ ހުންނަ ކަމަށެވެ. ނަމަވެސް ނުކުޅެދުންތެރި އުނިސިފަތައް ކަމަށް ހީވެފައިވާ ސިފަތައް ހުންނަ ބައެއް މީހުން ދުނިޔެއާއި އެ މީހެއްގެ ޤައުމަށް ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށާއި މުޅި އިންސާނިޔަށްތަށްވެސް އެފަދަ މީހުންގެ ފަރާތުން ބޮޑެތި މަންފާތަކެއް ފޯރުކޮށްދެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ގަދަރާއި ހިތްވަރާއި އެެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވޭކަން ފާހަގަކުރައްވައި މެޑަމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ އަޚުންނާއި އުޚުތުންނާމެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި އެއްވެސް މީހަކީ އެންމެ ފުރިހަމަކަން ލިބިފައިވާ މީހެއް ނޫން ކަމަށާއި އެހެންވެ ކޮންމެ މީހަކުވެސް އަނެކުންގެ ރިހުންތަކާއި ވޭންތަކަށް އިހުތިރާމް ކުރަންވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ފަހިވުމަކީ އިންސާނީ ކަރާމަތަށް އިސްކަން ދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ. އަދި މި ފުރުސަތު ފަހިވެގެންދިއުމުން ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ކަމަށާއި މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދެވުނު ލޯތްބާއި ކުލުނުވެރިކަމުގެ ފަރުވާއެއް ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ސަބަބުން އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުސަތު އެތައް ދިވެހި ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު