ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ ބިދޭސީން ޑީޕޯޓު ކުރަމުންދާއިރު، ތަފާތުކަމާ ދެކޮޅު މިންގަނޑުތައް ރާއްޖޭގައި ދަމަހައްޓާ ކަމަށް ދައުވާ ނުކުރެވޭނެ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވެފައި މިވަނީ ބައިނަލްއަޤްވާމީ ވާޖިބުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށާއި، ހުރިހާ އެންމެންނަށް އިހްތިރާމްކުރުމާއި ތަފާތުނުކުރުމުގެ ހަމަތައް ދަމަހައްޓާ މުޖުތަމަޢެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޝަމްހީދު ވިދާޅުވީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ، އަދި ނާޖާއިޒުގޮތުގައި ބޭނުންކުރެވިފައިވާ ބިދޭސީ މަސައްކަތްތެރިން، އެކަށީގެންވާ ޤާނޫނީ އިޖުރާއަތުތަކެއް ފުރިހަމަ ކުރުމެއްނެތި ޑީޕޯޓު ކުރަމުންދާނަމަ، ތަފާތުކުރުމާ ދެކޮޅު މިންގަނޑުތަކެއް ރާއްޖޭގައި ދަމަހައްޓާކަމަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ މިއީ އިންސާނީ ހައްޤުތަކާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެމީހުންގެ ހައްޤުތަކާއި، އެމީހުންނާމެދު އިންސާފުވެރިކޮށް ކަންތައްކުރެވޭކަން ކަށަވަރު ކުރަން ޖެހޭ ކަމަށްވެސް ޝަމްހީދުވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް