ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަމުންދާ ފްލެޓްތައް.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަމުންދާ ފްލެޓްތައް.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފްލެޓް ދިނުމުގެ ކަންތައްތަކުގައި އަމަލުކުރި ގޮތާ މެދު ސުވާލު އުފައްދަވައި، އެކަން ކުރައްވާފައިވަނީ އޮޅުވާލުމުގެ ތެރެއިން ބޭނުންވާ ބަޔަކަށް ފްލެޓް ދިނުމަށް ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިފަދައިން ވިދާޅުވީ އެކްސް (ކުރީގެ ޓްވިޓާ) ގައި ލިޔުއްވި ދިގު ޕޯސްޓެއްގައެވެ.

އަކްރަމް ވިދާޅުވީ، ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރު "ފިޔޯރީ މުއްތޮ" ލައްވާ ހިތުހުރި ގޮތަކަށް ފްލެޓްތައް ބެއްސެވީ އޮޅުވާލުމުގެ ތެރެއިން އެބޭފުޅުން ބޭނުންފުޅުވާ ބަޔަކަށް ފްލެޓް ދެއްވުމަށް ކަމަށެވެ. އެގޮތުން، ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ތަފާތު މަރުހަލާތަކަށް އިޝާރާތްކުރައްވައި އަކްރަމް ވަނީ ސަރުކާރުން ބަދަލުވަމުންދިޔަ ބަސްތައް ފާހަގަކުރައްވާފައެވެ.

"ފުރަތަމަ ވިދާޅުވީ ކުރީ ސަރުކާރުން ނެރެފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެންނާނަމޭ އެ ލިސްޓަށޭ ދޭނީ. ދެންވިދާޅުވީ ކުރީ ސަރުކާރުން ފުލެޓް ދީފައިވާ ގޮތް ގޯހޭ ތިމަންނާމެން އަލުން އިވޭލުވޭޓްކޮށް މާކްސް ތަރުތީބު ކުރުމަށްފަހު ނެރޭ ލިސްޓަށޭ ދޭނީ. އެއަށްފަހު އަނެއްކާވެސް ވިދާޅުވީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓަށޭ ދޭނީ، އެކަމަކު އެހެން ވިދާޅުވެ ފެށީ ޝަރުތު ހަމަނުވެޔޭ ކިޔައި އެކި ބާވަތުގެ މެސެޖް ފޮނުވަން" ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަދި އޭގެ ފަހުން 76 އިން މަތިން މާކްސް ލިބިފައިވާ ބަޔަކު ތިބި ކަމަށާއި އެމީހުންނަށް ފްލެޓް ދީފައޭ 75 ގެ މީހުންނަށް ދޭނީ ކަމަށް ވިދާޅުވިނަމަވެސް އަކްރަމް ފާހަގަކުރެއްވީ 76 އިން މަތިން މާކްސް ލިބިފައިވާ މީހުންނަކީ އަނބިމީހާ ނުވަތަ ފިރިމީހާއަށް ފްލެޓް ލިބޭ ފަރާތްތައް ކަމަށާއި، އެ ދެމަފިރިން ނިންމާ ގޮތަކަށް އެއް ފްލެޓް ދިނުމަށް ފްލެޓްތައް ބަހައްޓާފައި ހުރި ކަމަށެވެ.

މިއީ "ވާނުވާ ނޭނގި ނުވަތަ ގަސްތުގައި ތިބޭފުޅުން ބޭނުންފުޅުވާ ބަޔަކަށް ފްލެޓް ދެއްވުމަށް ހިންގެވި ބޮޑު ޖަރީމާއެއް. މިކަމުގެ ސަބަބުން އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތައް ފަހަތައް ޖައްސައި ދެމަފިރިންނަށް 2 ފުލެޓް ލިބިގެން ހިނގައްޖެ." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ތުހުމަތުކުރެއްވީ، 75 މާކްސް ލިބުނު ފަރާތްތަކަށް އެންގީ ބޭނުމިއްޔާ 3 ކޮޓަރީގެ ބަދަލުގައި 2 ކޮޓަރީގެ ފްލެޓް ލިބިދާނެ ކަމަށާއި، މިކަން މިގޮތަށް ކުރެވޭނެ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށެވެ. މިއީ ހަމަ ބޭނުންވާ ބަޔަކަށް ފްލެޓް ދޭން ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި ރޭގައި 75 މާކްސް ލިބުނު ވަކި ބަޔަކަށް 3 ކޮޓަރީގެ ފްލެޓް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.



އަކްރަމް ވިދާޅުވީ، ފްލެޓުން ވައްކަން ކުރީ، ކުރީ ސަރުކާރުން ނުން ކަމަށާއި، އެކަން ކުރަމުންދަނީ މިސަރުކާރުން ނިކަމެތި ރައްޔިތުންގެ ހައްގު ފޭރިގަންނަން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް