ސަރުކާރު ޓެކްސީ ލައިންގެ ސަބަބުން ދައުލަތަށް ގެއްލުން ވާނެ ކަމަށްބުނެ އެކަން ހުއްޓާލަން ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީންއަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުމުން ދައުލަތުގެ މާލިއްޔާއަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުން ލިބޭނެ ކަމަށާއި، އެކަން ކޮށްފިނަމަ ރާއްޖޭގައި ޓެކްސީގެ ހިދުމަތް މިހާރު ދޭ މީހުންގެ އާއިލާތައް ވެސް ބިކަވާނެ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓައިލުމަށް ސަރުކާރަށް ގޮވާލާ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.
ސިޓީގައި ބުނީ ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރުމުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގެންގޮސްފައި ވަނީ ހާމަކަން ބޮޑުކޮށް ދެ ފުށް ފެންނަ ގޮތަކަށް ނޫން ކަމަށެވެ.
ޓެކްސީގެ ހިދުމަތް މިހާރު ދޭ ސެންޓަރުތަކާއި އެޕްތަކުގެ އިތުރުން ޓެކްސީ ކުރާ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތް ހޯދާ ފަސިންޖަރުންގެ ހިޔާލު އެއްވެސް މިންވަރަށް މިހައިތަނަށް ހޯދާފައި ނުވުމަކީ، އެ ދާއިރާއަށް މިނިސްޓަރ އަމީން ދެއްވާ އަހަންމިއްޔަތުކަން ކުޑަކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ވެސް ސިޓީގައި ބުނެފައި ވެއެވެ.
ސަރުކާރުގެ ޓެކްސީ ލައިންއެއް ތައާރަފު ކުރުމަކީ މި ފަހަކަށް އައިސް ސަރުކާރުން ފަށަން މަސައްކަތް ކުރާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑަށް ފެއިލްވާނެ މަޝްރޫއުކަން ފާހަގަކޮށް ސަބަބެއް ކަމަށް ބުނެފައި ވަނީ ސަރުކާރުގެ ޓެކްސީ ލައިންއެއް ތައާރަފުކޮށްފި ނަމަ، ފުރަތަމަ އަހަރު ވެސް މުސާރަ އާއި މެއިންޓެނެންސްގެ މަސައްކަތްތަކަށް 150 އާއި 200 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ ކަމަށް އަންދާޒާ ކުރެވުމެވެ.
އެވަރުގެ ބޮޑު ހަރަދެއް އެކަމަށް ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް ކުޑަކުރަންޖެހިފައިވާ ދަނޑިވަޅެއްކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
އެ ކަންކަމަށް ބެލުމެއް ނެތި ސަރުކާރުގެ ޓެކްސީ ފްލީޓެއް ތައާރަފު ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް މުވައްޒަފުން ހޯދަން އިއުލާނު ކޮށްފައި ވާތީ ޑްރައިވަރުންގެ އެސޯސިއޭޝަނުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ، ރާއްޖެއަށްވުރެ އިގުތިސާދީ ގޮތުން މާބޮޑަށް ކުރިއަރާފައިވާ ދުނިޔޭގެ އެކި ކަންކޮޅުގައި ވެސް ސަރުކާރުގެ ޓެކްސީ ލައިނެއް އުފައްދައި ހިދުމަތް ދިނުމުގެ މަސައްކަތް ފެށި ނަމަވެސް، އެކަން ވަނީ ކުރިއަށް ނުގެންދެވިފައި ކަމަށެވެ.
ޓެކްސީ ލައިންގެ ހިދުމަތް ފަށައި ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އޮތަތީ، އެކަން އެގޮތަށް ވުމުގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ފަރާތުން މިނިސްޓަރު އަމީންއަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު