އަމިއްލަ ކެމްޕޭނަށް ޕާޓީ ބޭނުން ނުކުރުމަށް ޗެއާޕާސަން ކަމުން ދުރުވުމަކީ ވަރަށް ރީތި އަޚްލާގެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތައުރީފް ކުރައްވައިފިއެވެ.
ރޭ ފައްޔާޒް ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތުއުފާ ދެއްވާފައެވެ. ފަައްޔާޒްގެ އަރިސް ބޭފުޅަކު ވިދާޅުވީ، ޗެއަރޕާސަންގެ މަޤާމުން ފައްޔާޒް އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރެއްވުމަށްޓަކައި ޕާޓީގެ ކަންކަން ހިންގުން އަމާންކަމާއެކު ކުރިއަށް ގެންދެވުމަށް ކަމަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވައްޑޭ ވިދާޅުވީ އަމިއްލަ ކެމްޕޭނަށް ޕާޓީ ބޭނުން ނުކުރުމަށް ޗެއާޕާސަންކަމުން ދުރުވުމަކީ ވަރަށް ރީތި އަޚުލާޤެއް ކަމަށެވެ.
މީގެ އިތުރުން ވައްޑޭ ވިދާޅުވީ އެންމެ ދެރަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ވެރިންގެ ކިބައިގައި މިފަދަ އަހްލާގު ނުހުންނާތީ ކަމަށެވެ.
"އަމިއްލަ (ކެމްޕޭނުގެ) ބާލީހަށް "ބަންޑާރަކަފަ ލައްވާ" ރައީސް މުއިއްޒު ކަހަލަ ވެރިންގެ މިފަދަ އަޚްލާގު ނުހުންނާތީ ކިތައްމެހާވެސް ދެރަ،" ވައްޑޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު