ރައްޔިތުންގެ ޓެކްސް ފައިސާ ވާނުވާއެއް ނޭނގޭ ގޮތަށް ހަރަދުކުރަމުން ދާއިރު މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ އެއްވެސް ބޮޑު މަޝްރޫޢެއް ނެތް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ދީދީ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ބަހުސްކުރައްވަމުން ދީދީ ވަނީ ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތައް ހާޒިރުކުރެވުނުއިރު، ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތަފްސީލު އެނގެންޖެހޭކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާކަން ފާހަަގަކުރައްވާފައެވެ.
އެ ތަފްސީލުތައް ނެތުމުގެ ސަބަބުން، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވެސް އެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ނޭނގޭކަމަށް ކޮމިޓީގައި ބުނެފައިވާކަމަށް ދީދީ ވިދާޅުވިއެވެ. އަދި އެ އޮފީހަށް އޮތް ހަމައެކަނި ގޮތަކީ މަސައްކަތް ނިމުމުން އޮޑިޓުކުރުން ކަމަށް ވެސް ދީދީ ފާހަގަކުރެއްވިއެވެ.
ތާރީހުގައި ހުށަހެޅުނު އެންމެ ބޮޑު ބަޖެޓަކީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ކަމަށްވީއިރު، މިދިޔަ ދެ އަހަރު ދައުލަތަށް ލިބުނު 110 ބިލިއަން ރުފިޔާއިން ލޮލަށް ފެންނަފަދަ ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވިފައިނުވާކަމަށް ދީދީ ވަނީ ވިދާޅުވެފައެވެ.
އަދި މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި، ބިޔަ މެގަ ޕްރޮޖެކްޓްތަކުގެ ގޮތުގައި ފެންނަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރަށްރަށުގައި ބަހައްޓަމުންދާ އޭޓީއެމް މެޝިން އެކަނިކަމަށްވެސް ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މަޝްރޫއުތައް ހުއްޓިފައި ކުރިއަށް ނުދިއުން ކަމަށެވެ. ބައެއް މަޝްރޫއުތައް އަހަރު ފަހުން އިތުރު ކުންފުންޏަކާ ހަވާލުކުރެވުނު ނަމަވެސް، އެ މަސައްކަތްތަކަށް ވާނުވާއެއް ނޭނގޭކަމަށް ދީދީ ވިދާޅުވިއެވެ.
އަދި ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުވެ، ކަރަންޓުގެ މައްސަލައަށް ދާދި އަވަހަށް ހައްލެއް އައުން ކަމަށް ވެސް ދީދީ ފާހަގަކުރެއްވިއެވެ.
ދީދީ ވިދާޅުވީ ބަޖެޓު ހަރަދުކުރާ ގޮތުގެ އެއްވެސް ތަފްސީލެއް އަަންނަ އަހަރަށް ލާފާކޮށް ހުށަހެޅި ބަޖެޓުގައި ހިމަނާފައި ނުވާކަމަށެވެ. އެހެންކަމުން މި ބަޖެޓަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައި ދީދީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު