އަދުލް އިންސަަފު ޤާއިމް ކުރުމުގެ ނިޒާމުގެ ނަހަމަ ބޭނުން ކުރުން މިވަނީ އާންމުވެފައި ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށް ފަހު ސުވާލު އުފެދޭ ގޮތަކަށް އޭނާގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން ސޯޝަލް މީޑިއާއިންނާއި، ވެބްސައިޓުން ނެގުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނީ އެ ފޮޓޯ ނެގީ ތަހުގީގު ބޭނުމަށް ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑުބޭބެ ކިޔާ، 18 އަހަރުގެ ޒުވާނެކެވެ.
މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރި ކަމަށް މީގެ ކުރިން ފުލުހުން ހާމަކުރިއެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ވެސް އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވާ ބަންދު އަމުރު ފެންނަން ނެތްކަން ފާހަގަކޮށްލެވެ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޖަމީލް ވިދާޅުވީ މިއީ "ރޫލް އޮފް ލޯ" ނެތްކަމުގެ ހެކިތައް ކަމަށެވެ. އަދި ގާނޫނުގެ ހުކޫމާތުގައި ބަޔާންކުރާ ގޮތުން "ނޯ ވަން އިޒް އެބަވް ދަ ލޯ" އަކީ ޤާނޫނީ ޙުކޫމާތުގެ އެންމެ މައިގަނޑު ރުކުން ކަމުގައިވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
"މިފެންނަނީ ބާރުގަދަ ކަނެކްޝަން އޮތްނަމީހުން ދެމިގަންނަ ތަން! ނިޒާމުގެ ނަހަމަ ބޭނުން ކުރުން މިވަނީ އާންމުވެފައި!" ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު