ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓު ލިބިފައިވާ ފަރާތްތަކަށް އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓުތަކަށް ވަދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އަމީނިއްޔާ ސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ކުރެއްވި ސުވާލަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ ދިރާސީ އަހަރު ފެށެންވާއިރަށް އެ ތަންތަނަށް ވަދެވޭނެކަމުގެ ޔަޤީންކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދީފައިވާ ކަމަށެވެ.
މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކައި އެ ތަނުން 15،000 ގޯތި ދޫކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އެ ތަނުން 1،250 އަކަފޫޓުގެ ޖުމްލަ 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ބާކީ 10،000 ގޯތި ދެން އަންނަ ފިޔަވައްސެއްގައި ދޫކުރާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 15،000 ގޯތީގެ ތެރެއިން 10،000 ގޯއްޗަކީ މާލޭގެ ރަށްވެހިންނަށް ދޫކުރާނެ ގޯތިކަމަށެވެ. އޭގެ ތެރޭގައި ހިމެނޭނީ މާލެއަށް އުފަން ރަށްވެހިންނާއި، ދަފްތަރުގައި ތިބި ރަށްވެހިންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނެއް 3،000 ގޯއްޗަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، އެހެން ރަށްރަށުގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މައިމޮޅަވެފައިވާ ފަރާތްތަކަށް 450 ގޯއްޗާއި، މާލޭގައި ގެ ހެދުމަށް ލޯނު ނުނެގޭ ފަދަ ތަންތާގައި ހުރި ގޯތިތައް ބަދަލުކުރުމަށް ރަސްމާލެއިން 1،500 ގޯތި ދޫކުރަން ނިންމާފައިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު