ދިވެހި ފުޓުބޯޅައިގެ އަސްލު ރަސްގެފާނާއި، މިހާރުގެ ރަސްގެފާނުގެ ވަރުގަދަ ކުރިމަތިލުން މިއަދު ހަވީރު ގަލޮޅު ދަނޑުގައި އޮންނާނެއެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ ދިވެހި ފުޓުބޯޅައިގެ ލެޖެންޑަރީ ރަސްގެފާނެވެ. އެގޮތުން ދިވެހި ޕްރިމިއަރ ލީގާއި، އެފް.އޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން އެޓީމުން ވަނީ ރެކޯޑް ޢަދަދަކަށް ހޯދާފައެވެ.
ނަމަވެސް ކުރިމަތިވި ދަތި ޙާލަތަކާއި ގުޅިގެން ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅައިން ގެއްލުމަށްފަހު، އެޓީމު އަލުން ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅައިގައި ވާދަކުރަން ފަށާފައިވަނީ މިއަހަރުއެވެ. އަދި ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ޕްރިމިއާ ލީގަށް އެނބުރި އައިސް ނިއު ރޭޑިއަންޓުން ދަނީ އެޓީމަކީ އަދިވެސް ދިވެހި ފުޓުބޯޅައިގެ ޙަޤީޤީ ރަސްގެފާނުކަން ސާބިތުކޮށްދެމުންނެވެ.
ރަސް އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ނިއުރޭޑިއަންޓްގެ ޗެއަރމަން އަޙްމަދު މުބީން ވިދާޅުވީ، މިއަދު ހަވީރު 16:00 ގައި ގަލޮޅު ދަނޑުގައި ނިއުރޭޑިއަންޓުން ވާދަކުރާނީ އެޓީމު ނެތި ދިވެހި ފުޓުބޯޅައިގައި އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދަމުންދިޔަ މާޒިއާ އާއި ދެކޮޅަށް ކަމަށެވެ. އެހެންކަމުން މިއަދުގެ މެޗަކީ ހުރިހާ ގޮތަކުންވެސް ޚާއްސަ މެޗެއްކަން މުބީން ފާހަގަ ކުރެއްވިއެވެ.
"ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގެން ނިއުއަށް ސަޕޯޓްކޮށް ދެއްވަވާ." މުބީން އެދިވަޑައިގެންފައިވެއެވެ.
ނިއުއިން ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅައަށް އަނބުރާ އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުންދާއިރު، އެޓީމުގެ ކޯޗަކަށް ހުރީ ކުރިން މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗު، އަލީ ސުޒޭނެވެ.
ހަމައެއާއެކު އަލީ އަޝްފާގު (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން މާޒިޔާ ސްޕޯޓްސް ކްލަބު ދޫކޮށްލި ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު އިރުފާން (އިރޭ)، ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އަދި ޒުވާން ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ)ގެ ސޮއިވެސް އެ ޓީމުން ވަނީ ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު