މަރްޔަމް ނަހްދާ ވަޙީދު   30 ނޮވެމްބަރު 2025 - 20:0
މުދާ އުފުލާ ބޯޓެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރިވަނީ
މުދާ އުފުލާ ބޯޓެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރިވަނީ
މުދާ އުފުލާ ބޯޓެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ، ވިލިގިއްޔާއި ވާދޫއާ ދިމާ އަށް "ފެހިލާ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު 16:59 އެހާކަންހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން މެރިން ޕޮލިހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ދޯނީގައި ތިން މީހުން ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ބުނީ، އެ ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ އިތުރު ހާދިސާއެއްވެސް މިއަދު ވަނީ ހިނގާފައެވެ. އެގޮތުން ފަތުރުވެރިންތަކެއް ގޮވައިގެން އދ. މަހިބަދޫން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި، ބިއްލޫރިގަނޑު ތަޅައިގެން ގޮސް ހަތަރު މީހަކަށް އަނިޔާވިއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި ތިން ފަތުރުވެރިންނަށް، މާލެއާ ކައިރި ކްރޮސްރޯޑްސްއިން ފަރުވާދިން ކަމަށެވެ. އަދި އަނިޔާވި، ލޯންޗުގެ ފަޅުވެރިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ހާމަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް