ކެޕްރާ ގޯޓް މިލްކް-
ކެޕްރާ ގޯޓް މިލްކް-
ސިއްހަތަށް ފައިދާހުރި މީރު ބުއިމެއް ކަމަށްވާ މައުންޓް ކެޕްރާގެ ގޯޓް މިލްކް މިހާރު ރާއްޖެއިން ހެޔޮ އަގުގައި ލިބޭނެއެވެ.

ބަކަރީގެ ކިރުން އުފައްދާ މި ކިރަކީ އެއްވެސް ކަހަލަ ޕްރިޒަވޭޓިވް އެއް އަޅާފައި ނުވާ އެއްޗެއްކަމުން މިއީ، ސެންސިޓިވް މީހުންނަށްވެސް ވަރަށް ފައިދާ ކުރާނެ ބުއިމެކެވެ.

މި ކިރުގައި އެލްފާ އެސް1 ކެސިން އާއި ބީޓާ-ލެކްޓޮގްލޮބިއުލިން އެކުލެވޭލެއް މަދުވުމުގެ ސަބަބުން، ނުވަތަ އެއްގޮތަކަށްވެސް ނުހިމެނޭކަމަށް ވާތީ، މި ބޭނުން ކުރުމުން އެލާޖީގެ ނުރައްކާ ކުޑަވެއެވެ. މި މާއްދާތަކަކީ އާންމުގޮތެއްގައި އަޅުގަނޑުމެން ބޭނުން ކުރާ ކިރުން ފެންނަ އެލާޖެންތަކެވެ. އެހެންކަމުން އާންމުގޮތެއްގައި ކިރަށް އެލާޖިކް ވާ މިހަކީނަމަ، މި 'ގޯޓް މިލްކް' ބޭނުން ކުރެވޭނެއެވެ.

ބަކަރި ކިރަކީ ގިނަ އަދަދަކަށް ނިއުޓްރިއެންޓްސްވެސް ހިމެނޭ ކިރެކެވެ. އޭގެ ތެރޭގައި ހަޖަމުކުރުމަށް ފަސޭހަ ޕްރޮޓީންތަކާއި، ޞިއްޙަތަށް ފައިދާހުރި ސަރުބީއާއި، އިންސާނުންގެ ކިރާ އެއްގޮތް އޮލިގޯސެކަރައިޑްސް އާއި، ބަޔޯ-އޯގަނިކް މައުދަނާއި އިލެކްޓްރޯލައިޓްސް ހިމެނެއެވެ. އެހެންވެ މި ބޭނުން ކުރުމުން ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިބިދެއެވެ.

ބަކަރި ކިރުގައި ހުންނަ ޕްރޮޓީނާއި، ސަރުބީއާއި، ލެކްޓޯސް އިންސާނުންގެ ކިރާ ވަރަށް އެއްގޮތްކަމުން، ހަށިގަނޑަށް ފަސޭހައިން ދެނެގަނެ، ހަޖަމުކޮށް، ހަށިގަނޑަށް ނެގުމަށް މަގުފަހިކޮށްދެއެވެ. މިހެންކަމުން މިއީ ހަޖަމުކުރުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށްވެސް ވަރަށް ރަނގަޅު ކިރެކެވެ.

ކެޕްރާ ގޯޓް މިލްކް ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ މަޑިހާ އިންނެވެ. މި ކިރުގެ އެކި ބާވަތްތައް މިހާރު އުފަންވެލީގެ އެކި ފިހާރަތަކުން ލިބެން ހުންނާނެއެވެ.

އެގޮތުން އުފަންވެލި ފިހާރަތަކުގައި ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ޕިޔޯ ގޯޓް މިލްކް އާއި، އަލްމަންޑް ގޯޓް މިލްކް އާއި، ޗޮކްލެޓު ގޯޓް މިލްކްގެ އިތުރުން ކޮފީ ގޯޓް މިލްކް ހިމެނެއެވެ. މިއިން ކޮންމެ ވައްތަރެއްގެވެސް 150 މިލި ލީޓަރުގެ ފުޅި ލިބެން ހުރިއިރު، ފުޅިއެއް ރީޓެއިލް ކުރަނީ 30 ރުފިޔާއަށެވެ.

އާންމުކޮށް ރާއްޖެ އެތެރެކުރާ ކިރުގެ ބާވަތްތައް އެއްވެސް ސަބަބަކާހުރެ ބޭނުން ނުކުރެވޭނަމަ މި ބާވަތް ޓްރައި ކޮށްލާށެވެ. ހަމަ ގައިމުވެސް މިއީ ސިއްހަރަށް ފައިދާހުރި މީރު ބުއިމަކަށް ވާނެ ކަން ޔަގީނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް