އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އައްޔަނުކުރަން ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިވަގުތު ވަގުތީ ޗެއާޕާސަންގެ މަގާމަށް ހުށަހަޅާފައި އޮތް ހަމައެކަނި ނަމަކީ ޣަފޫރުގެ ނަންފުޅެވެ. އޭނާގެ ނަން ހުށަހަޅާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާޢީދު ކުރަށްވާ ބޭފުޅުންނެވެ.
ޣަފޫރަށް ތާއީދު ކުރަށްވާކަން ހާމަކުރަމުން ފައްޔާޒު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުވާފައެވެ. އެ މެސެޖުގައި އޭނާ ވަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން އަވަސް ކުރުމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދުގެ ކިބައިން އެދިފައެވެ.
"މިހާރު އޮތީ އެމްޕީ ޣަފޫރުގެ ނަން އެކަނި. އަޅުގަނޑުގެ ތާއީދު އެބައޮތް އެމްޑީޕީ ޣަފޫރަށް." ފައްޔާޒް ވިދާޅުވިއެވެ. މި މެސެޖަށް ތާއީދުކޮށް އެ ގްރޫޕުގައި ތިބި 40 ބޭފުޅަކު ވަނީ ރިއެކްޓު ކޮށްފައެވެ.
ޣަފޫރަކީ މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ސީނިއަރ މެންބަރެވެ.

ކިޔުންތެރިންގެ ހިޔާލު