މަރްޔަމް ނަހްދާ ވަޙީދު   4 ޑިސެމްބަރު 2025 - 15:42
އިސްލާމިކް މިނިސްޓްރީން މީޑިއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މަޢުރަޒް މާދަމާ ހަވީރު 16:00 ޖަހާއިރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 5 އަދި 6 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މިއީ މިނިސްޓްރީން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ އިވެންޓެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ހާަމަކުރިގޮތުގައި މި މައުރަޒު އިންތިޒާމްކުރަނީ އެ މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން، މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކަކާ ގުޅިގެންނެވެ. މީގެ މައިގަނޑު ބޭނުމަކީ މިނިސްޓްރީގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކާއި، އެ ސެކްޝަންތަކުގެ ހިދުމަތްތަކާ ބެހޭ މުހިންމު މަޢުލޫމާތުތައް މީޑިއާ އަދި އާންމު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް، ވަކި ވަކި ސެކްޝަންތަކުގެ ވެރިންނާ ބައްދަލުކޮށް، އެ ސެކްޝަންތަކާ ގުޅޭ މަސައްކަތްތަކާ ބެހޭ ސުވާލުތައްކުރުމާއި އިތުރު މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއީ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ސީދާ މަޢުލޫމާތު ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް