ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ވާނުވާ ބަންދަކީ ސަރުކާރުން އެމީހަކު ނިޒާމުން ގެއްލުވާކަން ބޭނުންކުރާ ޓޫލެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވެފައިވަނީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެގޮތުން އޭނާ ވިދާޅުވީ ވާނުވާ ބަންދަކީ ސަރުކާރުން އެމީހަކު ނިޒާމުން ގެއްލުވާލަން ބޭނުންކުރާ ޓޫލެއްކަން "ވާނުވާ" ގެ ތާރީހަށް ބެލީމާ ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށެވެ.
"އަހަރު ދެއަހަރުވާއިރު ޝަރީޢަތުގެ އަޑުއެހުމެއްވެސް ނުބާއްވާ އެބަހުރި. ތަޙްޤީގަށް މުއްދަތު ޖަހާފައިވެސް ސުވާލެއް ކޮށްނުލާ ބައިތިއްބާފައި ކޯޓަށް ގޮސް އައިއޯ ބުނަނީ އިތުރު 15 ދުވަސް ބޭނުން ކަމަށް. ޚުދު އައިއޯ ވެސް އެގޮތަށް އެދެނީ އޭނާގެ އަމިއްލަ އިޚްތިޔާރަކު ނޫން. މަތިން އަންގައިގެން އެނޫންގޮތެއް ނެތިގެން. ވަޒީފާގެ ބިރަށް." އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ވިދާޅުވީ އެންމެ ހިތާމަހުރިކަމަކީ ޙަޤީގަތް ބެލުމެއްނެތި، މަޤާމު ގެއްލިދާނެކަމަށް ބިރަށް ޤާޟީން މުއްދަތު ޖަހައިދޭކަން ކަމަށެވެ.
އިޔާޒް މިހެން ވިދާޅުވެފައިވާއިރު، ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ޖަލްސާގެ ބައެއް ބައިވެރިން ވަނީ "ވާނުވާ" ބަންދާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށް، އެކަމަށް ހައްލެއް ނުލިބިގެން އުޅޭ ސަބަބު. އޮޅުންފިލުވާފައެވެ.
ވާނުވާ ބަންދަށް ހައްލެއް ގެނައުމަކީ އެމަނިކުފާަނުގެ ވައުދުފުޅެއްކަން ފާހަގަކުރަމުން ކަންބޮޑުވުން ހިއްސާކުރި މީހަކު ބުނީ ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ ރައީސް އެދިވަޑައިގަންނަވާ ނަމަ ފަސްމިނިޓުގެ ތެރޭގައި ވެސް އެ މަނިކުފާނަށް އަމިއްލަފުޅަށް ކުރެއްވޭނެ ކަމެއް ކަމަށެވެ.
އެކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ވާނުވާ ބަންދުގެ މީހުން ފަސް މިނިޓުގެ ތެރޭގައި ވެސް ބޭނުންފުޅު ނަމަ ދޫކުރެވިދާނެ ކަމަށް ބަޔަކު ބުންޏަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހުންނާއި މީހުން މެރުމާއި ޑްރަގް ޓްރެފިކިންގެ މީހުން ބަންދުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށެވެ.
އަދި ކޯޓުތަކުން ޝަރީއަތްތައް އަވަސްކުރަން ބޭނުންވާ ވަސީލަތްތައް މި ސަރުކާރުން ފުރިހަމަކޮށްދެމުން އަންނަ ކަމަށާއި، އެހެންނަމަވެސް ޖުޑީޝަރީން ވަކި ގޮތަކަށް ކަމެއް ކުރަން ބުނުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު