އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލިޓްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އައިޓީ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ފަޒުލް އާއި ޝުހޫދުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ނުވާތީ، އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ.
"އިބްރާހީމް ފަޒުލް ރަޝީދާއި އަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވެ އެވެ." ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީން ފަޒުލް އާއި ޝުހޫދުގެ މައްޗަށް ތުހުމަތުކުރީ، ޖިނާއީ ތަހުގީގަކަށް ބޭނުންވާ ލިޔުންތަކެއް އެޗްޑީސީގެ ސާވާރ އިން ޑިލީޓްކޮށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅި ކަމަށެވެ. ނަމަވެސް އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުގެ ރިޕޯޓާއި ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ވެސް ބުނެފައި ވަނީ ސާވާރ އިން އެއްވެސް ލިޔުމެއް ޑިލީޓްކޮށްފައި ނުވާ ކަމަށެވެ.
މި ތުހުމަތު ކުރެވުނީ، ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދޫކުރި މައްސަލައާއި، ވިނަރެސް އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި އޮޅުވާލުންތަކުގެ މައްސަލަ ފުލުހުންނާއި އޭސީސީން މިދިޔަ އަހަރުން ފެށިގެން ތަހުގީގު ކުރަމުން ދަނިކޮށެވެ.
ފަޒުލްއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށް ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއަށާއި އެހެން ބައެއް ފަރާތްތަކަށް ބިން ދޫކުރި މައްސަލަ ހިމެނެއެވެ. މި މައްސަލަތައް ތަހުގީގުކުރާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު