ކާށިދޫ ކައުންސިލުން ތަޖުރިބާ ހޯދުމުގެ މަގްސަދުގައި އެހެން ކައުންސިލްތަކަށް ކުރެއްވި ދަތުރުތަކުގައި، ކައުންސިލްގެ ބަޖެޛުން ދަތުރުގެ މަގްސަދާ ނުގުޅޭ ހަރަދު ކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މާލެއަތޮޅު ކާށިދޫ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވަނީ މި ދެ އަހަރުގައި އެ ކައުންސިލުން ކުރި ތަޖުރިބާ ހޯދުމުގެ ދަތުރާ ގުޅޭ ބައެއް މައްސަލަތައް ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓްގައި ވާގޮތުން ކާށިދޫ ކައުންސިލުން ވަނީ ރަށްރަށުގެ ކައުންސިލް ޕްރޮޖެކްޓްތައް ހިނގަމުންދާގޮތް ބަލާ ތަޖުރިބާ ހޯދުމަށް 2022 ވަނަ އަހަރު ހުވަދުއަތޮޅު ދެކުނުގެ ރަށްތަކުގެ އިތުރުން 2023 ވަނަ އަހަރު އައްޑޫސިޓީ އަދި ފުވައްމުލަކަށް ދަތުރުކޮށްފައެވެ.
ކައުންސިލުން ތަޖުރިބާ ހޯދުމުގެ އެ ދަތުރުކޮށްފައިވަނީ، 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ކައުންސިލްގެ ބައެއް މުއައްޒަފުން ހިމެނޭހެން ޖުމްލަ 18 މުއައްޒަފަކު ގދ އަތޮޅުގެ ރަށްތަކަށް ކުރި ދަތުރަށް 170،726 ރުފިޔާ ހޭދަކުރިއިރު، އައްޑޫސިޓީ އަދި ފުވައްމުލަކަށް ކުރި ދަތުރުގައި ބައިވެރިވި 15 މުއައްޒަފަކަށް 153،973 ރުފިޔާ ހޭދަކޮށްފައި ވާކަން އޮޑިޓު ރިޕޯޓުން ހާމަވެއެވެ.
މި ދަތުރުތަކުގައި ދަތުރުގެ މަގްސަދާ ނުގުޅޭ ބައެއް ކަންކަމަށް ކައުންސިލްގެ ބަޖެޓުން ހޭދަކޮށްފައިވާކަމަ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އައްޑޫސިޓީ އަދި ފުވައްމުލަކަށް ކުރި ދަތުރުގައި އުސޫލާ ހިލާފަށް 8،270 ރުފިޔާ ހޭދަކުރިކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއެވެ. އަދި ގދ އަތޮޅުގެ ރަށްތަކަށް ކުރި ތަޖުރިބާ ހޯދުމުގެ ދަތުރުގައި އެ ސަރަހައްދުގައި އޮންނަ ފަޅު ދެރަށްކަމަށްވާ ގދ ކަފެނާ، އަދި ގދ ލާބަދޫއަށް ދިއުމަށް ކައުންސިލް ބަޖެޓުން 4،400 ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ދެ ރަށަށް ދިއުމުގެ ބޭނުމާއި މަޤްސަދު ދަތުރުގެ ބަޖެޓްގައި ހިމަނާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
މިކަމާ ގުޅޭގޮތުން އޮޑިޓް އޮފީހުން ސުވާލުކުރުމުން އެދަތުރުކުރީ މުއައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް މޯޓިވޭޝަން އިތުރުކުރުމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ވެއެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފަޅުރަށްތަކަށް ކުރި ދަތުރަކީ ރަށްރަށުގެ ކައުންސިލްތަކާއި ޕްރޮޖެކްޓްތައް ހިނގަމުންދާގޮތް ބަލައި ތަޖުރިބާ ހޯދުމަށް ކުރި ދަތުރާއި ގުޅޭ ހަރަދެއްކަމަށް ނުބެލެވޭކަމަށެވެ.
އަދި މީގެ އިތުރުން އައްޑޫސިޓީ އަދި ފުވައްމުލަކަށް ކުރި ދަތުރާއި ބައެއް އެހެނިހެން ހަރަދުތަކަށް 28،227 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ދަތުރު ރިޕޯޓްގައި ބުނާއިރު، އެ ހަރަދުތަކުގެ ތެރެއިން އޮޑިޓަށް ލިބިފައިވަނީ 14،920 ރުފިޔާ އާ ގުޅޭ ހަރަދުގެ ބިލްތަކަކެވެ. ބާކީ 13،307 ރުފިޔާ ހަރަދުކޮށްފައިވަނީ ކޮންކަމަކަށް ކަމާއި، އަދި އެ ހަރަދުތަކުގެ ސައްހަކަން ކަށަވަރުނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު