ކުރީގެ ރައީސް ޔާމީން އާއި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު
ކުރީގެ ރައީސް ޔާމީން އާއި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު
ވާނުވާ ބަންދުގެ މައްސަލަ ހައްލުނުކޮށް ވެރިކަމުގައި ހުންނެވިއިރު ރައީސް އަބްދުﷲ ޔާމީން "އިންނެވީ ތާސްކުޅެން" ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވުމާ ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އެކަމަށް ރައްދު ދެއްވައިފިއެވެ.

ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި އެ ޕާޓީގެ ސެނެޓަރ އަބްދުއްލަތީފު މުހައްމަދު ވަނީ ވާނުވާ ބަންދާ ގުޅިގެން ބާރަށު ދާއިރާގެ ޝުޖާއު ރައީސް ޔާމީނަށް ރައްދުކޮށް ދެއްކި ވާހަކަތަކަށް އަލި އަޅުވާލާ ސުވާލެއް ޔާަމީނަށް އަމާޒު ކުރައްވާފައެވެ. އެގޮތުން އޭނާއަށް ލިބިހުރި މައލޫމާތުގެ އަލީގައި ލަތީފު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ވާނުވާ ބަންދު ނުޖަހާ ކަމަށާ އެކަން ހުއްޓުމުކަށް ގެނެސްފައި އޮތް ކަމަށެވެ. އެހެންކަމުން އެކަމުގެ ތަފްސީލު ދެއްވާ ރައްޔިތުންނަށް އެކަން ސާފުކޮށްދިނުމަށް ލަތީފު ވަނީ ޔާަމީނުގެ އަރިހުން އެދިވަޑައިގެންފައެެވެ.

ޖަވާބުގައި ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ވާނުވާ މުއްދަތު ޖަހަން ކޯޓަށް ނުވަންނަ ކަމަށާ ވާނުވާ މައްސަލަ މިފަހަކުން ބަހުސަކަށް ވެގެން އުޅޭތީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީއަކުވެސް ގުޅުއްވައި އެ މަނިކުފާނުގެ ވެރިކަމުގައި ވާނުވާ ބަންދު ނުޖަހާ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެއީ އެއީ "ފަސް މިނެޓުން ކުރެވޭނެ ކަމެއް" ކަމަށް އަނެއްކާވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ ޝުޖާއަކީ ބަސް ބުނުމުގެ ކުރިން ރިޝްވަތު ނަގާ މީހެއް ކަމަށާ ބަސް ބުނުމަށް ފަހު ވެސް ރިޝްވަތު ނަގާ މީހެއް ކަމަށެވެ.

އަދި ފަސް މިނެޓުގެ ވާހަކަ ޝުޖާއު ދައްކާއިރު އެމަނިކުފާނު ތާސް ކުޅުއްވަން އިންނަވައިގެން ގައުމަށް ލިބުނު ގެއްލުމެއް ނެތްކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެކަމުގެ މިސާލު އެމަނިކުފާނު ދެއްކެވީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖުންނެވެ. ޔާމީން ވިދާޅުވީ އެއީ ތާސް ކުޅެން އިންނަވައިގެން ފަސް މިނެޓުން ގެނައި ތަރައްގީ ކަމަށާ އަދި ތާސް ކުޅެން އިންނެވި ވަގުތު ކޮޅުވެސް ތަރައްގީއަށް ހޭދަކުރެވުނު ނަމަ ހޯދާ ނުފެނުނީސް ކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ގައުމައިގެން އެމަނިކުފަނު އުޅުއްވިއިރު ޝުޖާއު އުޅުނީ އަދީބުއާ ގުޅިގެން ގައުމުގައި އޮތް ގާނޫނީ ވެރިކަމެއްގެ ނިމުން ގެންނަން ކަމަށެވެ. އަދި މީހުންގެ ވާހަކަ ޝުޖާއު ދައްކާއިރު ތިމާގެ ފަސްފަހަތް ވެސް އޮތް ގޮތް ބަލާލަން ވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު