ލޮއާކާގެ މަޝްހޫރު މޮސްކޮޓެއް-
ލޮއާކާގެ މަޝްހޫރު މޮސްކޮޓެއް-
ލޮއާކާގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

ރާއްޖެއަށް ލޮއާކާ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ޔޫރޯ މާކެޓިން އިން އިންތިޒާމްކޮށް ކުރިއަށްގެންދާ މި އިވެންޓު އޮންނާނީ މާދަމާ ހަވީރު 04:00 އިން 06:00 އަށެވެ.

މި އިވެންޓު އޮންނާނީ ހުޅުމާލެ ޔޫތު ޕާކް (ރެޑް ބުލް ސްކޭޓް ޕާކް) ގައެވެ. މި އިވެންޓުގައި ހުރިހާ ފަރާތްތަކަށްވެސް އެއްވެސް ފީ އެއް ދެއްކުމެއް ނެތި ބައިވެރިވެވޭނެ ކަމަށް ޔޫރޯ މާކެޓިން އިން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި ހަވީރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި އޮބްސްޓެކަލް ކޯސް އާއި، ފޮޓޯ ބޫތު އަދި ޓްރެޝާ ހަންޓް ފަދަ ހަރަކާތްތައް ހިމެނެއެވެ.

އަދި މި އިވެންޓުގެ ތެރެއިން ލޮއާކާގެ މަޝްހޫރު މަސްކޮޓްތަކާ ބައްދަލުކޮށް ސަލާމްކުރުމުގެ ފުރުސަތުތައް ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެއެވެ. މި ހަވީރުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެ، 3 ޗެލެންޖު ފުރިހަމަ ކުރާ ކުދިންނަށް ލިމިޓެޑް އެޑިޝަން ގިފްޓް ޕެކެއްވެސް ލިބިގެންދާނެ ކަމަށް ޔޫރޯ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު