ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހުތިޖާޖުގެ ބައިވެރިން ހައްޔަރުކުރުމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ނުރުހުން ފާޅުކޮށްފިއެވެ.
އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފަށައި އަދި އޭގެ ފަހުން މާލެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ. ހުއްޓުމެއްނެތި އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރުވެސް ވީފަހުން ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާ ކަމަށާއި އެއީ ގާނޫނާހިލާފު ކަމެއް ކަމަށް ބުނެ ދޯނިތަކަށް އަރާފައެވެ.
އިހުތިޖާޖުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސް، އެ ދޯނިތައް ވަނީ ފުލުހުންގެ މަރުކަޒު، ދޫނިދޫއަށް ގެންގޮސްފައެވެ. އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ކޯޓު އަމުރެއް ވެސް ނުދައްކާ ކަމަށެވެ.
އެކަމާ ދެކޮޅަށް އަޑުއުފުލުމުން ފުލުހުން ވަނީ މައުރޫފް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އަދި މައުރޫފްގެ އިތުރުން އެހެން ދެ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވީ ވައުދެއް ނުފުއްދަ ދީގެން ދިވެހި މަސްވެރިން އިހުތިޖާޖަށް ނުކުތުމުން، އެ އޮޑިދޯނި ފަހަރު މަހަށް ފުރުން ހުއްޓުވުމުގެ މަގުސަދުގައި އޮޑިދޯނިފަހަރުގަ ތިބި ބޭރުމީހުން ހިފާ ހައްޔަރުކޮށް، އަދި މި މަދަނީ ބަސްނޭހުން އިންތިޒާމްކުރި ފަރާތްތަކަށް އަނިޔާކޮށް ހިފާ ހައްޔަރު ކުރަމުން މި ސަރުކާރުގެ އަސްލު ސިފަ ފެނިގެންދާ ކަމަށެވެ.
އަދި ރައްޔިތުންނަށް ބިރު ދައްކައިގެން ސަރުކާރު ނުހިންގޭނެ ކަމަށާއި، އަދި ބިރުދައްކައިގެން މައުރޫފް ޒާކިރުމެންވެސް ނުހުއްޓުވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު