މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ގާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރ. ދުވާފަރުގައި މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެމަނިކުފާނު މި ފިއުލް ސްކިޑް ހުޅުއްވައިދެއްވީ، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މިއަދު އެ ރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ މި ފިއުލް ސްކިޑަކީ، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް ހޯއްދަވައިދެއްވުމުގެ ގޮތުން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ފިއުލް ސްކިޑްތަކުގެ ތެރޭގައި ހިމެނިގެން ގާއިމުކުރި އެންމެ ފުރަތަމަ ފިއުލް ސްކިޑު ކަމަށެވެ.
މި މަސައްކަތުގެ ދަށުން 18 ފިއުލް ސްކިޑެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން އިޢުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު