ތައިލެންޑާއި އިންޑިއާގައި އުފައްދާ 3 ބޭހަކާއި މެދު ސަމާލުވުމަށް މޯލްޑިވްްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ ތައިލެންޑުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން ކުރި ތަހުލީލުތަކުން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ "އެންޑީއެމްއޭ" ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި އެކަން ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެމްއެފްޑީއޭ އަށް އަންގާފައިވާ ކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދީފައިވެއެވެ.
އެމްއެފްޑީއޭ އިން ބުނީ އެ 3 ބޭހުގެ ތެރޭގައި މެޓްފޯމިން (ބްރޭންޑް: Deson PR 750) އާއި، ރެނިޓިޑިންގ އާއި، ވިޓަމިން އޭ ބޭސްގުޅަތަކެއް ހިމެނެއެވެ.
މި ބޭސްތައް މިހާތަނަށް ރާއްޖެއަށް އެތެރެކޮށްފައި ނުވިނަމަވެސް ތައިލެންޑަކީ ދިވެހިން ގިނަ އަދަދަކަށް ބޭސްފަރުވާ އަށް ދާ އަދި ބޭސް ގެންނަ ގައުމަކަށް ވުމުން އެ ބްރޭންޑުގެ ބޭސްތަކާއި ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

— MFDA (@MFDA_mv) December 14, 2025

ކިޔުންތެރިންގެ ހިޔާލު