މި އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.
ދައުލަތުގެ ބަޖެޓުން 18 މީޑީއާއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން މިދިޔަ އޮކްޓޫބަރު މަހުގެ 29 ގައި އިއުލާން ކުރިކަމުގައި ވީނަމަވެސް، އެ ފައިސާ ދޭން ނިންމި ގޮތަށް ފާޑުކިޔައި އެކަމާމެދު ޝަކުވާ ކުރަން ފެށުމުން، ޔޫތު މިނިސްޓްރީން ވަނީ އެ ނިންމުން ބާތިލު ކޮށްފައެވެ. އަދި އެ މަސައްކަތް މީޑިއާ ކޮމިޝަނާ ވަނީ ހަވާލުކޮށްފައެވެ.
މީޑިއާ ކޮމިޝަންގެ ނައިބު ރައީސް ޒަމްއަތު އަހްމަދު ވަހީދު ވިދާޅުވީ ޔޫތު މިނިސްޓްރީއާ ގުޅިގެން އަހަރު ނިމުމުގެ ކުރިން މީޑިއާަތަކާ ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އަމިއްލަ 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް މީގެ ކުރިން ޔޫތު މިނިސްޓްރީން އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ލިސްޓުގައި ވެއެވެ.
އެ ލިސްޓު އާންމު ކުރުމާއެކު އެތައް ބައެއްގެ ފާޑުކިޔުން ވަނީ އެއަށް އަމާޒުވެފައެވެ. އެގޮތުން އެ ލިސްޓު އެކުލަވާލާފައިވަނީ ކުރު މުއްދަތެއްގައި ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށާއި، މީޑިއާތަކަށް ފައިސާ ދޫކުރުމުގައި އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށާއި ކުރާ މަސައްކަތަށް ބަލަންޖެހޭނެ ކަމަށްބުނެ ބައެއް މީޑިއާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު