އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
ޔަހޫދީން ފާހަގަކުރި އެމީހުންގެ ދީނީ ހަރަކާތެއްގެ ތެރޭގައި، އިއްޔެ ދިން އެ ހަމަލާގައި މިހާތަނަށް 15 މީހަކު މަރުވެ 40 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާ ހަރުުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ކުށެއް ނެތް މައުސޫމު ބަޔަކު މަރާލި މިފަދަ ހާދިސާތަކަށް މުޖުތަމައުގައި ޖާގަ ނޯންނާނެ ކަމަށެވެ.
އަދި ހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް ހަމްދަރުދީވާ ކަމަށާއި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރުން އޮތީ އޮސްޓްރޭލިއާ ސަރުކާރާ އެކު ކަމަށެވެ.
އަދި ޓެރަރިޒަމްގެ މިފަދަ ހަމަލާތަކާއި އަމަލުތަކާ ދެކޮޅަށް އަބަދު ވެސް ބަސްބުނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު