ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖު ކުރާތާ 05 ދުވަސް ފަހުން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަސްވެރިންނާ ބައްދަލު ކުރަށްވައިފިއެވެ.
މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމަށް ޑިމާންޑުކޮށް މަސްވެރިން އިހުތިޖާޖު ކުރަން ފެށީ މިދިޔަ ބުދަ ދުވަހުއެވެ.
ކަންނެލި މަސްވެރިން ސަރުކާރަށް ކުރަމުންދާ މައިގަނޑު ތިން ޑިމާންޑަކީ މި ސަރުކާރުގެ ރިޔާސީ މެނިފެސްޓޯގައިވެސް ހިމެނޭ ކަންކަމެވެ. އެއީ ބޭސް ރޭޓުގައި ތެލާއި އައިސް މަސްވެރިންނަށް ލިބޭނެ ގޮތް ހަދައިދިނުމަށާއި، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމުގެ އިތުރުން ކަންނެލި ގަންނާނެ އެންމެ ދަށް އަގު ކަމުގައި 80ރ. އަދި 100ރ. ކަނޑައެޅުމެވެ.
މިނިސްޓަރ ބޮޑުކަންނެލި މަސްވެރިންނާ ބައްދަލުކުރައްވާފައި މިވަނީ މަސްވެރިންގެ މުޒާހަރާ އަށް ހައްލެއް ނުލިބި ދިގުދެމިގެން ދިޔުމުންނެވެ. މި ބައްދަލުވުން މިއަދު ހެނދުނު 11 ޖެހިއިރު ފަށާފައިވާއިރު، ބައްދަލުވުމުގައި ޕޮޒިޓިވް ކަންކަން ފެންނަ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.
މީޑިއާއަކަށް މައުލޫމާތު ދެމުން ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ ބައްދަލުވުން ދިގުލައިގެން ދަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގިނަ ވުމުން ކަމަށެވެ. އަދި މިނިސްޓަރުގެ މިއަދުގެ ހުރިހާ ވަގުތެއް އޮތީ ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް އައްސަވަން ހުސްކުރަށްވާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނީ މަސްވެރިންގެ މައްސަލަތައް ހައްލު ވުމަކީ ގައުމުގެ އިގުތިސާދާއި "ފުޑް ސެކިއުރިޓީ" އާ ގުޅިފައިވާ ކަމަކަށް ވާތީ، މިހާރު މަޝްވަރާތައް ކުރިއަށް ދަނީ މަގުސަދު ހާސިލް ކުރެވޭ ގޮތަށް ކަމަށެވެ.
ވައުދުތައް ފުއްދުމަށް ޑިމާންޑުކޮށް ބޮޑުކަންނެލީގެ މަސްވެރިން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މާލޭގެ ރަސްމީފާލަމާ ދިމާލުން ބޭރުގައި ކުރި އިހުތިޖާޖު ފުލުހުން ރޫޅާލައި ބައެއް މީހުން ހައްޔަރު ކުރުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވިއެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ދެމީހަކު މިހާރުވެސް ތިބީ ކޯޓު އަމުރިގެ ދަށުން ބަންދު ކޮށްފައެވެ.
ބޮޑުކަންނެލީގެ މަސްވެރިން ނިންމާފައި ވަނީ އެ މީހުންގެ މައްސަލަތަކަށް ހައްލެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާށެވެ.

ކިޔުންތެރިންގެ ހިޔާލު