އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ފަލަސްތީނާއި ސީރިޔާގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާވާ ގޮތަށް ހެއްދެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

އެމެރިކާގެ ހިޖުރަކުރުމާއި ޤައުމިއްޔަތާ ބެހޭ ޤާނޫނުގެ 212ވަނަ މާއްދާގެ (ބ)އާ އެއްގޮތްވާ ގޮތުގެ މަތީން، މި ފަދަ ނިންމުންތައް މިނިވަންކަމާއެކު ފައިޞަލާކުރުމުގެ ބާރު އެ ޤައުމުގެ ރައީސަށް ލިބިގެން ދެއެވެ. މި ބަދަކު ގެންނެވުމަށް ޓްރަމްޕް ސޮއިކުރެއްވި ރިޔާސީ ގަރާރު މިހާރު ވައިޓްހައުސްއިން ވަނީ ޝާއިއުކޮށްފައެވެ.

ޓްރަމްޕްގެ ޤަރާރުގައި ބަޔާންކޮށްފައި ވާގޮތުން މި ނިންމުމަށް ޢަމަލުކުރަން ފަށާނީ 2026ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުގައެވެ.

ޓްރަމްޕްގެ ނިންމެވުމާ ގުޅޭ ގޮތުން ވައިޓް ހައުސްއިން ބުނީ، ޓްރަމްޕްގެ ނިންމެވުމުގައި އެމެރިކާއަށް ވަނުން މަނާކޮށްފައިވަނީ، ޕާސްޕޯޓު ދޫކުރުމުގައި އެމެރިކާއިން ޤަބޫލުކުރާ ފެންވަރަށް ނުފެތޭ ޤައުމުތަކުގެ ރައްޔިތުން ކަމަށެވެ. މިއީ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް ވެސް ވައިޓް ހައުސްއިން ބުނެފައި ވެއެވެ.

ފަލަސްތީނާއި ސީރިޔާގެ އިތުރުން، އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކުގެ ލިސްޓުގައި ޓްރަމްޕް ހިމެނުއްވި އެހެނިހެން ޤައުމުތަކުގެ ތެރޭގައި ބުރްކިނާ ފާސޯ، މާލީ، ނައިޖަރ، ދެކުނު ސޫދާން، އަދި ލާއޯސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު