ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ ރާއްޖޭގައި ޖިނާއީ މައްސަލައެެއްގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. ބޭރުގެ ކުންފުނިތަކާ ގުޅިގެން، ސައްހަނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ވަގު މުޢާމަލާތްތައް ހިންގި މައްސަލައިގައި، ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް ވަނީ އުފުލާފައެވެ. އެގޮތުން، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 9 ދައުވާއާއި، މަކަރާއި ހީލަތް ހެދުމުގެ 7 ދައުވާއާއި، މަނީ ލޯންޑަރިންގެ 7 ދައުވާ ހިމެނެއެވެ.
އެ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަތައް ބެއްލެވި ގާޒީ އަލީ ނަދީމް އަދަބުތައް ކަނޑައެޅުއްވީ ވަކިވަކިންނެވެ.
ގާޒީ އިއްވެވި އަދަބުތަކުގެ ޖުމްލަ އެއްކޮށްލުމުން 109 އަހަރުގެ ޖަލު ހުކުމަކާއި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.
ޝިފާއު ޖަލަށްލުމުގެ އިތުރުން އޭނާ އޮޅުވާލައިގެން ހޯދި މުދާތަކުގެ ބަދަލުގައި ހިމެނޭ ފައިސާ ހަ މަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްގައި ކަނޑައެޅިއެވެ.
ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. ޝިފާޢު ހައްޔަރުކުރީ އިންޓަޕޯލް ރެޑްނޯޓިސް ނެރެފައި ވަނިކޮށް އޭނާ އެނބުރި ރާއްޖެ އައުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު