ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ ބިދޭސީ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައި، އޭނާ ދޫކޮށްލި ކަމަށް ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ މިދިޔަ މާޗް މަހުއެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ޝަމްއާން ޝަރީއަތް ނިމެންދެމް ބަންދުކޮށްފައެވެ.
ޝަމްއާން ބަންދު މުރާޖައާ ކުރަން އެދިފައިވިޔަސް، މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މިވަގުތު ބަންދުން ދޫނުކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ދޫކޮށްލަން އިއުތިރާޒެއް ނުކުރާނެ ކަމަށް ދައުލަތުން ވަނީ މިއަދުގެ އަޑުއެހުމުގައި ބުނެފައެވެ.
ޝަމްއާންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާއެވެ. މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

ކިޔުންތެރިންގެ ހިޔާލު