ސަރުކާރުން ތައާރަފް ކުރުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިނާމެދު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ޓެކްސީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އަލިއަޅުވާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ވަނީ ޓެކްސީ ކުރުމަށް ގެންނަ ވެހިކަލްތައް ރަޖިސްޓްރީކުރުމާއި ޕާކު ކުރުމުގައި މިހާރު ހުރި ދަތިތައް ފާހަގަކޮށް، އެކަންކަން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައެވެ. މީގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މިހާރުން މިހާރަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުންވެސް އެސޯސިއޭޝަނުން ވަނީ ރައީސަށް ލަފާދީފައެވެ.
ސަރުކާރުން އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިނާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންގެ ހުރި ޚިޔާލުތަކާއި ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމުގެ މުހިއްމުކަމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ.
ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޑްރައިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
ޓެކްސީ ޑްރައިވަރުންނާއި މި ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އެ ކަންކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު