ބޮލީވުޑްގެ އުންމީދީ ފިލްމު "ދްރިޝްޔަމް 3" އިން މަޝްހޫރު އެކްޓަރު އަކްޝޭ ޚަންނާ ވަކިވުމާ ގުޅިގެން، އެ ފިލްމުގެ ޕްރޮޑިއުސަރު ކުމާރު މަންގަތު ޕަތަކް އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ގާނޫނީ ނޯޓިސް ފޮނުވައިފިއެވެ.
ޕްރޮޑިއުސަރު ތުހުމަތުކުރާ ގޮތުގައި އަކްޝޭ ފިލްމުން ވަކިވީ އެއްބަސްވުމާ ޚިލާފަށް ކަމަށާއި، އޭނާ އެކަން އެންގީވެސް އާދައިގެ މެސެޖަކުންނެވެ. މަންގަތު ބުނި ގޮތުގައި އަކްޝޭގެ އެންމެ ފަހުގެ ފިލްމު "ދުރަންދަރް" އަށް ލިބުނު ކާމިޔާބީއާއެކު އޭނާގެ ކިބުރުވެރިކަން ވަނީ އިތުރުވެފައެވެ.
އަކްޝޭގެ ބަދަލުގައި މިހާރު އެ ރޯލަށް ޖެއިދީޕް އަހްލާވަތު ހަމަޖައްސާފައިވާއިރު، އޭނާއަކީ އަކްޝޭއަށްވުރެ ހުރިހާ ގޮތަކުންވެސް ގާބިލު އެކްޓަރެއް ކަމަށް ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އަޖޭ ދޭވްގަން ލީޑު ރޯލުން ފެންނަ މި ފިލްމުން އަކްޝޭ ވަކިވާން ނިންމީ އޭނާގެ ފީ ބޮޑުކޮށްދިނުމަށް އެދުމުން ޕްރޮޑިއުސަރުން އެކަމާ އެއްބަސްނުވުމުންނެވެ. މި މައްސަލައިގައި ދެ ފަރާތުގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، މިއީ "ދްރިޝްޔަމް" ފްރެންޗައިޒްގެ ސަޕޯޓަރުންގެ މެދުގައިވެސް ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު