ރޭޕްގެ ތުހުމަތުގައި ކޯޓަށް ހާޒިރުނުވެ، މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ވަންދެން ފިލައިގެން އުޅުނު އިޒާމް ޒާހިރު، 25، ސަބާހާ މަންޒިލް/ ގދ. ވާދޫ، 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިޒާމްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެފައި މިވަނީ، އެތައް ދުވަހެއް ވަންދެން އޭނާ ހޯދަން ފުލުހުންނަށް ދަތިވެ، ކޯޓުން އެކި ފަހަރު މަތިން އޭނާ ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައި ވަނިކޮށެވެ. އޭނާ ހޯދުމަށް ފުލުހުންނަށް އެތައް ފަހަރެއްގެ މަތިން އިއުލާނުކުރަން ޖެހުނެވެ.
ޖުލައި 2024 އިން ފެށިގެން ކޯޓަށް އޭނާ ޙާޟިރު ނުކުރެވި، ފުލުހުންނަށް އޭނާ ނުހޯދި، އެކަން މީޑިއާތަކުން ރިޕޯޓްކޮށް، އާންމުންގެ ސަމާލުކަން ލިބުނު ފަހުން، މިދިޔަ ހޮނިހިރު ދުވަހު އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވިއެވެ.
އެހެންކަމުން މިއަދު ހެނދުނު 10:00 ގައި ބޭއްވި އަޑުއެހުމަށް އިޒާމް ކޯޓަށް ހާޒިރުކުރެވުނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އޭނާ އުޅޭ ތަނެއް ނޭނގި، ކޯޓުގެ ޗިޓުތައްވެސް އޭނާއަށް މީގެކުރިން ރައްދުކުރެވިފައެއް ނުވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ޙާޟިރު ކުރުމުން ކޯޓުން މިއަދު ވަނީ އިޒާމްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވާކަމަށް ހުކުމްކޮށް، 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު