މިއީ އަނިޔާވެރި ވެރިކަމެއް ކަމަށާއި، ކޮންމެ ދިމާލަކުން ބެލިނަމަވެސް ފެންނަނީ މާސިންގާ ކޮރަޕްޝަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ ދައުލަތުން ބައެއް މީޑިއާތަކަށް ފައިސާ ދިނުމަށް ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުން ބަޔަކަށް ބަހާލުމަކީ ދުރާލާ ރާވައިގެން ކުރިކަމެއް ކަމުގައެވެ. އަދި ސަރުކާރުން ބޭނުން ގޮތަކަށް ބައިތުލް މާލު ތަޅާހުސްކޮށްލަނީ ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
"މިއަދުވެސް އެތައް ބަޔަކު އާސަންދަ ނުލިބިގެން ޙާލުގައި ޖެހިފައި. ކިޔަވާ ކުދިންގެ ޓިއުޝަންފީ ނުދެއްކިފައި. މިއީ އަނިޔާވެރި ވެރިކަމެއް! ކޮންމެ ދިމާލަކުން ބެލިޔަސް ފެންނަނީ މާސިންގާ ކޮރަޕްޝަން." ޑރ. ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެފައި ވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ސަރުކާރުން ދޭ މާލީ އެހީތެރިކަމަށް ހުށައެޅި ޖުމުލަ 57 މީޑިއާގެ ތެރެއިން 41 މީޑިއެއްގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި އޭގެތެރެއިން 39 މީޑިއާ އަކަށް ފައިސާ ދިނުމަށް ނިންމާފައެވެ. އެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު