މި އަހަރަކީ ދިވެހި ރައްޔިތުންނާ އަނެއްކާވެސް ބައްދަލުކުރާ ރަނުގެ ފުރުސަތެއް ކަމަށާއި، މިއީ މިސަރުކާރުން އަވަދިކޮށްލި ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމަށް ޢަޒުމު އާކުރަންވީ ވަގުތު ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އައު އަހަރާ ގުޅިގެން، ކުރީގެ ޚާރިޖީ ވަޒީރުގެ މަޤާމުވެސް އަދާކުރެއްވި ޝާހިދު މީސްމީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މިއީ ތަދުމަޑުކަން އާންމުކޮށް، ދިވެހި ރައްޔިތުން ބިކަކޮށް ހާލުގައި ޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަންފީޒު ކުރަމުންދާ "ނޭއްގާނީ" ސިޔާސަތުތަކަށް ފާޅުގައި ނޫނެކޭ ބުނަންވީ ވަގުތު ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ތެދުވަންވީ ވަގުތު ކަމަށާއި، ޑިމޮކްރަސީ އުވާލިޔަ ނުދިނުމަށް ނުކުންނަންވީ ވަގުތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދުގެ މެސެޖުގައި، ދިވެހި ގައުމުގެ ދިފާޢުގައި ބަހާއި އަމަލުން ސާބިތުވާންޖެހޭކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީ ސަރުކާރަށް "ބޮޑު ނޫނެކޭ" ބުނުމަށް އިލްތިމާސް ކުރެއްވިއެވެ. ހަމައެއާއެކު ޝާހިދު ވިދާޅުވީ ދޮގާއި، މަކަރާއި، ހީލަތާއި ކޮރަޕްޝަނަށް ފުރުސަތު ނުދޭނެކަން ހާމަކޮށް، މިއަހަރަކީ މި ސަރުކާރު ބަލިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅުގެ އަހަރަށް ހަދަންޖެހޭ ކަމަށެވެ.
ވޭތުވެދިޔަ އަހަރަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، އެ އަހަރަކީ ދިވެހި ތާރީޚު ނުދެކޭ ފަދަ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުން ހިންގި އަހަރެއް ކަމަށެވެ. އެގޮތުން ގާނޫނުތައް ބަދަލުކޮށް، އާންމުކޮށް އިއުލާން ކުރުމެއް ނެތި ސަރުކާރުގެ ވެރިންގެ މެދުގައި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ބަހާލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުން މި ސަރުކާރުން އާންމުކޮށްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން، އަދުލު އިންސާފުގެ ނިޒާމަށް އޮތް އިތުބާރު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ގެއްލުވާލާފައިވާ ކަމަށާއި، ގާނޫނުއަސާސީއަށް ޣައިރު ގާނޫނީ ބަދަލުތައް ގެނެސް، ނުހައްގުން ފަނޑިޔާރުން ވަކިކޮށް، މަޖިލިސް މެންބަރުން އަޅުވެތިކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމައެހެންމެ މިނިވަން މުއައްސަސާތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަންކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް ވިދާޅުވެ، ޝާހިދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު