މިހާރު އަމަލުކުރަން ފަށާފައިވާ ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމާއި ޒާތީ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ރޫހުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މި އުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅޭ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކަކީ މިފަދަ ހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަން ކަމުގައިވީ ނަމަވެސް، މިހާރު ފެންނަމުންދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ ސިފަ ނުވަތަ "އެޕިއަރެންސް" މޮނިޓަރ ކުރުމަށް މަސައްކަތްކުރާ މަންޒަރު ކަމަށްވެސް އެމްޑީޕީގެ އަންހެނުންގެ ރޫޙުން ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙުން ބުނީ މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި، ނެރެދޭ ނަތީޖާއާއި، އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށް ކަމަށެވެ. އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫން ކަމަށާއި، މިއީ ޕްރޮފެޝަނަލިޒަމްގެ ނަމުގައި އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެއްގެ ގޮތުގައި އެ ޕާޓީގެ އަންހެނުންގެ ރޫޙުން ވަނީ ސިފަކޮށްފައެވެ.
ވަކިން ހާއްސަކޮށް، ސިޔާސީ މަގާމުތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މިފަދަ އުސޫލެއް ނުހިންގައި، ހަމައެކަނި ސިވިލް ސަރވިސްގެ އަންހެން މުވައްޒަފުންނަށް މި އުސޫލު އަމާޒުކުރުމުން މިއީ އަހްލާގީ އުސޫލެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން ހާމަވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މުޖުތަމައުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދެއްކުމަކީ އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫޙުން ދެކެއެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަ ތަނަކަށް ބަދަލުވެ، މުއައްސަސާތަކުގެ ހިދުމަތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ޕާޓީގެ އަންހެނުންގެ ރޫޙުން ތުހުމަތުކުރާ ގޮތުގައި މިފަދަ ހަރުކަށި އުސޫލުތަކުގެ އަސްލު ބޭނުމަކީ އަންހެނުންގެ ސިފައަށް ބަލައި ވަޒީފާގެ ކުރިއެރުން ނުދިނުމާއި، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ބަޔާން ނިންމާލާފައިވަނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައްޗަށް އެކުލަވާލާފައިވާ މިފަދަ އުސޫލުތައް ވަގުތުން އުވައިލުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވައިލަމުންނެވެ. އަދި އަންހެނުންގެ ކަރާމާތް ގެއްލޭ ފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެ ޕާޓީގެ އަންހެނުންގެ ރޫޙުން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު