ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ޖަލު އަދަބެއް ދެވޭ ގޮތަށް ޤާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި އިއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެެ. މިއީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހެޅުއްވި ބިލެކެވެ.
ބިލުގައި ވާގޮތުން މި ބިލުގެ ބޭނުމަކީ ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައެޅުމެވެ. އެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ. އަދި އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށް ލުމެވެ. އަދި އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.
ބިލުގައި ބުނެފައިވާ ގޮތުން، ޖުވާކުޅުމަކީ ވަކި މުބާރާތެއްގައި ނުވަތަ ކުޅިވަރެއްގައި ނުވަތަ ވަކި ސްކީމެއްގައި އިލެކްޓްރޯނިކްކޮށް ނުވަތަ ޖުވާކުޅުމުގެ އާލާތެއް މެދުވެރިކޮށް ނުވަތަ ހިނގަމުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކިކަމެއްގެ މައްޗަށް ބިނާކޮށް، އެކަމުން ނުކުންނާނެ ކަނޑައެޅޭ ވަކި ނަތީޖާއެއް ލިބިގަތުމުގެ މުގާބިލުގައި މީހަކު އަގެއްހުރި އެއްޗެއް ދޫކޮށްލުމެވެ.
ޖުވާގެ ގޮތުގައި ނުބެލެވޭ ކަންކަންވެސް ބިލުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވުމުގެ ނުވަތަ ކުޅިވަރުގެ ބޭނުމަށްޓަކައި އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ހިމެނޭ ބައިވެރިންނަށް ފައިސާގެ ނުވަތަ އެ ނޫން ވެސް އަގެއް ހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި، އެއްވެސް އަގެއް ދިނުމަކާ ނުލައި، މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތްތަކަށް ފައިސާގެ ނުވަތަ އެ ނޫން ވެސް އަގެއް ހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި އެކަމަށްޓަކައި ބޭއްވޭ ގުރުއަތުލުންތަކުގައި ބައިވެރިވުން ހިމެނެއެވެ.
އަދި މީގެ އިތުރުން ޖުވާކުޅުމުގެ އާލާތެއް ކަމުގައި ނުވާ އިލެކްޓްރޯނިކް ނުވަތަ އިލެކްޓްރޯމެކޭނިކަލް ނުވަތަ މެކޭނިކަލް ގޮތަކުން ކުޅިވަރުގެ ބޭނުމަށް ފަރުމާކުރެވިފައިވާ ނުވަތަ އެޑެޕްޓްކުރެވިފައިވާ ޑިވައިސް ނުވަތަ މެޝިނަކުން ކުޅުންތެރިންނަށް ލިބިދޭ ވަނަތަކާއި އިނާމާއި އެފަދަ އެއްޗެއް ރިޑީމްކުރުމަށް ދާ އަގެއް ރަމްޒުކޮށްދޭ ކޮއިން ނުވަތަ ޓޯކަން ފަދަ ތަކެތި ލިބިގަތުމާއި އެފަދަ ޑިވައިސް ނުވަތަ މެޝިން ބޭނުން ކުރުންވެސް ޖުވާގެ ގޮތުގައި ނުބެލެވޭ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.
ބިލުގައިވާ ގޮތުން ޖުވާ ކުޅުމުގެ އާލަތަކީ އެ އެއްޗެއް އޮޕަރޭޓް ކޮށްގެން އެއީ އެ މީހެއްގެ ނަސީބަށް ނުވަތަ ހުނަރަށް ބިނާކޮށް ކަމުގައިވިޔަސް އެ މީހަކަށް ފައިސާ ނުވަތަ އަގެއް ހުރި އެއްޗެއް ލިބޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އެއްޗިއްސެވެ. އަދި އެފަދައިން ފައިސާ ނުވަތަ އަގެއް ހުރި އެއްޗެއް ލިބިގަތުމުގެ ހައްގެއް ނުވަތަ މަސްލަހަތެއް ލިބޭ ގޮތް މަގުފަހިކޮށްދޭ އެއްޗެކެވެ.
އަދި ޖުވާކުޅޭ ތަނެއް ހިންގުމުގެ މާނައަކީ ވަކި ތަނެއްގައި ޖުވާކުޅުމުގެ އާލާތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކުން ޖުވާކުޅުމުގެ ހަރަކާތްތައް އިންތިޒާމުކޮށް ހިދުމަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ މުބާރާތެއް ހިންގުން ކަމަށް ބިލުގައި ފާހަގަކޮށްފައި ވެއެވެ. މީގެ ތެރޭގައި އޮންލައިންކޮށް ހިންގާ ޖުވާކުޅުމުގެ ވިޔަފާރި ވެސް ހިމެނޭ ކަމަށް ބިލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު