ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ހުށަހަޅާފައިވަނީ، ރައްޔިތުންނަށް ލިބިދީފައިވާ ވޯޓުލުމުގެ ބާރު ނިގުޅައިގަތުމަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އެގޮތުން ޝާހިދު ތުހުމަތު ކުރަށްވާފައިވަނީ، މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް ސަރުކާރުން ހުށަހަޅާފައިވަނީ އިންތިޚާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރު ކަމަށްވާ "ވޯޓު" ދިނުމުގެ ބާރު، ރައްޔިތުންގެ އަތުން ނިގުޅައިގަތުމަށް ހީލަތްތެރިކަމާއެކު ރާވަމުންދާ ނުބައި ރޭވުންތަކެއް ކަމަށެވެ.
"މިއީ ރައްޔިތުންނަށް ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރު، "ވޯޓު" ގެ ބާރު، ނިގުޅައިގަތުމަށް ހީލަތްތެރިކަމާއިއެކު ރާވާ ނުބައި ރޭވުންތަކެއް." ޝާހިދު ވިދާޅުވިއެވެ.
މި ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް މިހާރު ފޮނުވާފައިވާއިރު، ސަރުކާރުގެ ފަރާތުން ބުނަމުންދަނީ މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، އިދާރީ ގޮތުން އިންތިޚާބުތައް ބޭއްވުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި ބަދަލުގެ ސަބަބުން އިންތިޚާބީ ނިޒާމުގެ މިނިވަންކަމާއި ދެފުށް ފެންނަ މިންވަރަށް ނޭދެވޭ އަސަރުކޮށް، ރައްޔިތުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު