ދެ އިންތިހާބު އެއްކޮށްލުމަކީ ސަންދޯކަށް ޖަހާ ފަހު މޮހޮރުކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.
މާޒް ސަލީމް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އެކްސްގައި ހިއްސާަކުރެއްވި ޕޯސްޓުގައި މާޒް ސަލީމް ވިދާޅުވީ މިހާރުވެސް ވެރިކަން ހިފަހައްޓަނީ ހުރިހާ މުއައްސަސާ ތަކެއް ޤާނޫނާއި ޚިލާފަށް ރައީސް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސްގެން ކަމަށެވެ. އަދި ދެ އިންތިހާބު އެއްްކޮށްލުމަކީ ސަންދޯކަށް ޖަހާ ފަހު މޮހޮރު ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންގެ ތާއީދު ނެތްކަން މުޢިއްޒު އަށް ޔަޤީންވާތީ ދެއިންތިޚާބު އެއްކޮށްލަނީ މަކަރާއި ހީލަތުން ވޯޓު އޮޅުވާލައިގެން ވެރިކަމުގަ ހުރެވޭނެކަމަށް" މާޒް ސަލީމް ވިދާޅުވިއެވެ.
މާޒް ސަލީމް ވިދާޅުވީ މަޖިލީހުގައި ތިބި މެމްބަރުންނަށް ރައްޔިތުން ދިން ވޯޓަށް ޙަރާމްކޯރުވެ، ރައީސް މުއިއްޒުއަށް ވިކިގެން، ރައީސް މުއިއްޒު ބުނާހާ ގޮތަކަށް ވޯޓު ދިނަސް ރައްޔިތުންގެ ވޯޓެއް ދެން ނުލިބޭނެ ކަމަށެވެ. އަދި އިތުރަށް ވެރިކަމުގަ ހުރެވޭނެ ފޮމިއުލަރ އެއްވެސް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް މިހާރު ފޮނުވާފައިވާއިރު، ސަރުކާރުގެ ފަރާތުން ބުނަމުންދަނީ މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، އިދާރީ ގޮތުން އިންތިޚާބުތައް ބޭއްވުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި ބަދަލުގެ ސަބަބުން އިންތިޚާބީ ނިޒާމުގެ މިނިވަންކަމާއި ދެފުށް ފެންނަ މިންވަރަށް ނޭދެވޭ އަސަރުކޮށް، ރައްޔިތުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު