ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ ޒަކާތުގެ 2 މާހިރުން ޒަކާތު ކައުންސިލަށް ހޯދުމަށް ރައީސް އޮފީހުން އިޢުލާނު ކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، ޒަކާތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަވާފައިވާ "ޒަކާތު ކައުންސިލް" ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މި ހިނގާ ޖަނަވަރީ މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ޒަކާތުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރުގެ ދަށުން، ހުޅުވާލައްވާފައިވަނީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 މެންބަރުން އެ ކައުންސިލަށް އައްޔަން ކުރެއްވުމަށެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މަޖިލީހުން ފާސްކޮށްފައިވާ ޒަކާތު ޤާނޫނުގެ ދަށުން، ޒަކާތު ފަންޑު ބަލަހައްޓާނީ ފިނޭންސްގެ ލަފަޔާ އެއްގޮތަށް އެމްއެމްއޭއިންނެވެ. ޒަކާތާ ބެހޭ ޤާނޫނަކީ ޒަކާތުގެ ކަންކަން ރަނގަޅަށް އިންތިޒާމު ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ވުޖޫދުކޮށް، ޖުމްލަ 6 ބާބުގެ މައްޗަށް އެކުލަވާލައި މުޅިން އަލަށް މިސަރުކާރުން ފަރުމާކޮށްފައިވާ ބިލެކެވެ.

ކިޔުންތެރިންގެ ހިޔާލު